ކޮވިޑް-19: ބިލް ނުދެއްކުނަސް ހިދުމަތް ކަނޑާނުލާން އުރީދޫން ނިންމައިފި

މި މަހުގެ ބިލް ނުދެއްކިޔަސް އުރީދޫގެ ހިދުމަތްތައް ކަނޑާނުލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ، މޯބައިލް، ފައިބާ، ވަޔާލެސް ބްރޯޑްބޭންޑް ބިލްތަކަށް ވެސް ފައިސާ ނުދެއްކިޔަސް ހިދުމަތް ކަނޑާނުލާނެ ކަމަށެވެ. މީގެ އިތުރުން އުރީދޫން ވަނީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ބޯނަސް ޑޭޓާ ދޭން ވެސް ނިންމައިފަ އެވެ.

ސްކޫލު ކުދިންނަށް އޮންލައިންކޮށް ފަސޭހަ ކަމާ އެކު ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެޑިއުކޭޝަނަލް އިންޓިޓިއުޝަންތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އުރީދޫން ބުނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ސްކޫލުތަކުގެ ކިޔެވުމާއި ކޮލެޖް، ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ބަންދުކޮށްފަ އެވެ.

އުރީދޫން ވަނީ އެތަނުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފަ އެވެ.

ކަސްޓަމަރުން ހިދުމަތްތައް ހޯދުމުގައި ވެސް އޮންލައިން ޕްލެޓްފޯމުތަކުގެ ބޭނުން ކުރުމަށް އުރީދޫން އެދެ އެވެ. އެގޮތުން އެމް-ފައިސާ ބޭނުންކޮށްގެން ކަރަންޓާއި ފެނާއި ކޭބަލް ޓީވީ އާއި ގޭހަށް ފައިސާ ދެއްކޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.