ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އޭދަފުށި ޓީމު މިރޭ އިނގުރައިދުއާއި ދެކޮޅަށް

އައިލެންޑް ކަޕުގައި ވާދަކުރާ އޭދަފުށީ ޓީމު
އައިލެންޑް ކަޕުގައި ވާދަކުރާ އޭދަފުށީ ޓީމު

 

ރައިޒިންގ ސްޓާ ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުޅެމުންދާ ހާފް އައިލެންޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި އޭދަފުށީ ޓީމު މިރޭ އިނގުރައިދުއާއި ދެކޮޅަށް ނިކުންނާނެ އެވެ.

މާފަންނު މިނީ ފުޓްސަލް ދަނޑުގައި މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ. މީގެ އިތުރުން މި ގްރޫޕްގައި ދެންހިމެނޭ އުނގޫފާރާއި ނޭކުރެންދޫގެ މެޗުވެސް ހަމަ އެގަޑީގައި ކުރިއަށްދާނެ އެވެ.

ގްރޫޕް “ޑީ” ގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް އޭދަފުއްޓަށް މިރޭގެ މެޗު އެއްވަރު ކޮށްލިޔަސް ދެވަނު ބުރުގެ ފުރުސަތު ލިބިގެންދާނެ އެވެ. ހަތަރު ޕޮއިންޓާއި ފައިދާ 7 ގޯލް އޭދަފުށީ ޓީމަށް ލިބިފައިވާއިރު މި ގްރޫޕްގެ ދެވަނަ ރ. އުނގޫފާރަށް ލިބެނީ ހަތަރު ޕޮއިންޓާއި ފައިދާ 1 ގޯލާއި އެކުއެވެ. ތިންވަނައިގައި އިނގުރައިދޫ އޮތީ ތިން ޕޮއިންޓާއި އެކުއެވެ. ގްރޫޕްގެ ފުލުގައި އޮތް ނޭކުރެންދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗަށް އޭދަފުށީ ޓީމު ތައްޔާރުވާއިރު ތިން ކުޅުންތެރިއަކު ނުފެންނާނެކަމަށް “އީޓީ” އަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އަމިއްލަ ބައެއް ސަބަބުތަކާހެދި މިރޭގެ މެޗުގައި ޓީމުން ނުފެންނާނީ ފުރަތަމަ ދެ މެޗުވެސް ގެއްލިފައިވާ ސުލްޠާން ހަބީބްގެ އިތުރުން ޒުވާން ހުނަރުވެރި ދެކުޅުންތެރިންކަމަށްވާ ޢަލީ މުއާޒް އާއި ހަމްދާން އަބްދުއްސައްތާރެވެ.

އެއްވަރުވެގެން ދެވަނަ ބުރުގެ ފުރުޞަތެއް ލިބެން އޮތްނަމަވެސް އުއްމީދަކީ މޮޅަކާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރުންކަމަށް ޓީމުން ބުނެއެވެ. އަދި މިރޭގެ މެޗުގައިވެސް އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޟިރުވުމަކީ ޓީމްގެ ވަރަށް ބޮޑު އެދުމެކެވެ.

ގްރޫޕް “ޑީ” ގެ ނަތީޖާތައް:

އޭދަފުށި 1  –      އުނގޫފާރު 1

އިނގުރައިދޫ 4   –  ނޭކުރެންދޫ 3

އޭދަފުށި 10    –   ނޭކުރެންދޫ 3

އިނގުރައިދޫ 1  –   އުނގޫފާރު 2

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.