ކުނި މެނޭޖް ކުރާނެ ސެންޓަރެއް މާޅޮހުގައި ހުޅުވައިފި

މާޅޮހުގައި ކުނި މެނޭޖުކުރާ ސެންޓަރު މިއަދު އިފްތިތާހުކުރަނީ.--ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
މާޅޮހުގައި ކުނި މެނޭޖުކުރާ ސެންޓަރު މިއަދު އިފްތިތާހުކުރަނީ.–ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

 

ރަށު ފެންވަރުގައި ކުނި މެނޭޖް ކުރާނެ ސެންޓަރެއް ބ. މާޅޮހުގައި މިއަދު ހުޅުވައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، މި ސެންޓަރަކީ މޯލްޑިވްސް އެންވަޔަރުމެންޓް ޕްރޮޖެކްޓާއި މާޅޮސް ކައުންސިލާއި މާޅޮހުގެ އަންހެނުން ކުރިއަރުވާ ކޮމިޓީ އަދި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާ ގުޅިގެން ހުޅުވި ސެންޓަރެއް ކަމަށެވެ.

އެ މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ނިޒާމް ވިދާޅުވީ މާޅޮހު ދެކުނު ފަރާތުގައި ހުޅުވި ސެންޓަރަކީ، ރ. ވަންދޫގައި ހަދާފައި ހުރި ސަރަހައްދީ ފެންވަރުގެ ކުނި މެނޭޖުކުރާ ސެންޓަރަށް ކުނި ގެންދިއުމުގެ ކުރިން، ރަށުގައި ނައްތާލެވެން ހުރި ކުންޏެއް ނައްތާލުމަށް ހެދި ސެންޓަރެއް ކަމަށެވެ.

މާޅޮހުގައި ކުނި މެނޭޖުކުރާ ސެންޓަރު މިއަދު އިފްތިތާހުކުރަނީ.--ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
މާޅޮހުގައި ކުނި މެނޭޖުކުރާ ސެންޓަރު މިއަދު އިފްތިތާހުކުރަނީ.–ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

 

މީގެ ކުރިން މާޅޮހުގައި ކުނި ނައްތާލަމުންދިޔައީ “ކުނި ގޮނޑުގައި” ކުނި އަންދައިގެންނެވެ. އެގޮތަށް ކުނި އަންދަމުން ދިއުމުގެ ސަބަބުން ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރިނަމަވެސް މިއީ އެކަމަށް ލިބުނު ހައްލެއްކަމަށް މާޅޮހު ކައުންސިލުން ބުނެއެވެ. އަދި ކުނި މެނޭޖު ކުރާނެ ސެންޓަރު ހުޅުވުމުން ކުރިން ބޭނުންކުރި ކުނިގޮނޑު ކައުންސިލުން ދޫކޮށްލާނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންނަނީ އެކި ރަށްރަށުގައި، ރަށު ފެންވަރުގައި ކުނި ނައްތާލާނެ ސެންޓަރުތައް ގާއިމްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.