މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ރ. އިނގުރައިދޫ އަތުން ފަސޭހަކަމާ އެކު މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ދެވަނަ ބުރުން އޭދަފުށި ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުން އޭދަފުށި މޮޅުވީ 10-0 ލަނޑުންނެވެ. މެޗުގައި އޭދަފުށީ ޓީމަށް ލަނޑުތައް ޖަހައިދިނީ އަހްމަދު އަޝްހަމް އާއި މުހައްމަދު ފާސިރު (ފާއްޓެ) އާއި ހައްފާފު ސިދުގީ އާއި އަހްމަދު ހަނީފު އާއި މައުމޫން އަބްދުލް ގައްޔޫމުގެ އިތުރުން އަލީ ޒުބައިރު އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީ ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދިން އަހްމަދު އައުޝަމް އެވެ.
މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އަންގާރަ ދުވަހުގެރޭ ފަށާނެ އެވެ.