ލ. ގަމު އަތުން ބަލިވެ އޭދަފުށި މުބާރާތުން ކަޓައިފި

އައިލެންޑް ކަޕުގައި ވާދަކުރާ އޭދަފުށީ ޓީމު
އައިލެންޑް ކަޕުގައި ވާދަކުރި އޭދަފުށީ ޓީމު

 

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ރޭ ލ. ގަމު އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި މުބާރާތުން ކަޓައިފި އެވެ.

މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއްދެއްކި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ރޭ ގަމު ޓީމު އަތުން ބަލިވީ 3-2 ލަނޑުންނެވެ.

އޭދަފުށީ ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު ބުނީ މި މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުންވެސް ތަފާތު ބޮޑުކޮށް މޮޅުގެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދައި އަދި ކްއާޓާ ފައިނަލަށް  ދަތުރުކޮށް، ކްއާޓާގައި ރޭގެ މެޗުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނަސް ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

“ޜޭގެ މެޗުން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދެން. އަދި ޓީމަށް އެހީތެރިވި ޒުވާނުން ކޮޅަށާއި ޚާއްސަކޮށް ދާއިރާގެ މެންބަރު ސަލީމަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން،” ސަލްމާން ބުންޏެވެ.

އައިލެންޑް ކަޕަކީ މިދިޔަ އަހަރު މާލޭގައި ބޭއްވުނު އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވުނު މުބާރާތެކެވެ. ރާއްޖޭގެ ފުޓްބޯޅަ އަދި ފުޓްސަލްގައި ވެސް ނަން މަޝްހޫރު ރަށްތަތަކުން ބައިވެރިވާ މިއަހަރުގެ މުބާރާތަކީ އައިލެންޑް ކަޕްގެ ދެވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.