ގައުމީ ޓީމާއެކު ކުޑައްޓޭ، ޝާފީ، ސެންޓޭ ހޮންކޮންގް އަށް

ހޮންކޮންގް އަށް ފުރުމުގެ ކުރިން އޭދަފުށީ ތިން ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން-- ފޮޓޯ / އިބްރާހިމް ފާއިދު
ހޮންކޮންގް އަށް ފުރުމުގެ ކުރިން އޭދަފުށީ ތިން ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިގެން– ފޮޓޯ / އިބްރާހިމް ފާއިދު

 

2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ހޮންކޮންގްއާ ދެކޮޅަށް ކުޅެން ގައުމީ ޓީމާއެކު އޭދަފުއްޓަށް އުފަން ތިން ކުޅުންތެރިން ރޭ ހޮންކޮންގް އަށް ފުރައިފި އެވެ.

ގައުމީ ޓީމާއެކު ރޭ ހޮންކޮންގް އަށް ފުރީ މުހައްމަދު ޝިފާން (ކުޑަައްޓޭ) އާއި ޝާފިއު އަހްމަދު (ޝާފީ) އަލީ ފާސިރު (ސެންޓޭ) އެވެ.

ކޮލިފައިންގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށްވެސް މި ތިން ކުުޅުންތެރިންވަނީ ކުޅެފަ އެވެ. އެގޮތުން ޝާފީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، އޭނާވަނީ ޓީމުގެ ފަހަތުގައި ގަތަރުގެ ބިޔަ ވަރުގަދަ ފޯވާޑުން ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މި މެޗުގައި ދެވަނަ ހާފުގައި ފާސިރު އާއި ޝިފާންވެސް ވަނީ ކުޅެން ނުކުމެ ރަނގަޅު ކުޅުމެއް ދައްކާފަ އެެވެ.

ގޯލެއް ނުޖެހި އެއްވަރުވެގެން ނިމެންދިޔަ މެޗުން ރާއްޖެ ބަލިވީ އެންމެފަހު ސިކުންތުގައި ގަތަރުންޖެހި ގޯލަކާއެކު އެވެ.

ރާއްޖެއާއި ހޮންކޮންގް ކުޅޭ މެޗު އޮތީ އަންނަ އަންގާރަ ދުވަހު އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ ޗައިނާ އާއި ބޫޓާން އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.