ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި އެސްޓީއޯގެ ފާމަސީ ހުޅުވައިފި

ބ،ކަމަދޫގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ - ފޮޓޯ: އެސްޓީއޯ
ބ،ކަމަދޫގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ – ފޮޓޯ: އެސްޓީއޯ

 

ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި އެސްޓީއޯ ފާމަސީ ހުޅުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިއަތޮޅުގައި ބޭސް ފިހާރަ ހުޅުވާފައިވަނީ މާޅޮސް އާއި ކަމަދޫގަ އެވެ. އަދި ރ. ރަސްމާދޫގަ އާއި މ. ރަތްމަންދޫގައިވެސް މިދިޔަ ހަފްތާގައިވަނީ ބޭސްފިހާރައެއް ހުޅުވާފަ އެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުގެ މަޝްރޫއުގެ ތެރެއިން ހުޅުވި ބޭސްފިހާރަތަކެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ހުޅުވި ބޭސްފިހާރަ އިން އާސަންދައިގެ ހިދުމަތް މިހާރު ދޭކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. މި ހުޅުވި ހަތަރު ބޭސްފިހާރައާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 125 އަށް އެރީ އެވެ. މިއަތޮޅުގައި ހުޅުވި ބޭސްފިހާރަ ތަކުގެ އަދަދު 7 އަށް އެރީ އެވެ.

އެސްޓީއޯއިން ވަނީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވުމަށް އަމާޒު ހިފާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.