ލިޔުނީ؛ ރޯޒީ ޝަރީފް
އަހަރެންނަކީ ޢުމުރަށް ވުރެ ހަނގުކޮށް ފެންނަ އަންހެން ކުއްޖެކެވެ. ފުރާވަރަށް އެރިއިރު އަހަރެންގެ ރީތިކަމުން ރަށުގެ ޒުވާން ކިތަންމެ ކުއްޖެއްގެ ހިތްކަތިލެވިފައިވެއެވެ. އެކަމަކު އަހަރެންނަށް މިއީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު މިކަމުގައި އަހަރެން ފޮނިވެފަ ބޮޑާގޮތް ދައްކަމެވެ.
އައްޑު އަތޮޅު ހިތަދޫ އަކީ ތަރައްޤީގެ ހަރުފަތުގައި ފައިތިލަ ސާބިތު ކޮށްފައިވާ ރަށެކެވެ. ކުރީގަ އިނގިރޭސިން މިރަށުގައި އުޅެފައި ވުމުން އަހަރެމެން އުޅެނީ ވަރަށް ފެށަން ކޮންނެވެ. އަދި ވަރަށް އިގިރޭސި ކޮންނެވެ. ގިނަ މީހުންނަށް އިނގިރޭސިން ވާހަކަ ދައްކަންވެސް އެނގޭނެއެވެ. އަނެއްކާ އެކަކަށް ވުރެ އަނެކަކު ރީތިވެފައި ނަލަ ވާނެއެވެ. އެހެންވެ ރާއްޖެތެރޭގެ ނާތަހުސީބު ގޮތެއް އަހަރެމެންގެ ނުހުރެއެވެ.
އެހެންވެ އަހަރެން ހުންނަނީ ހުންނަ ވަރަށް ވުރެ ބޮޑަށް ފެށަން ކުއްޖަކަށް ވެގެންނެވެ. އެއީ މިކިޔާ ތަރައްޤީ އެވެ. ކުރުހެދުމާއި ޓޮޕް ކޮޅުތަކެވެ. ގަޔަށް ބާރު ޖީންސު އެއީ އެންމެ ހިނގާ އެއްޗެވެ.
އާމްދަނީ ހޯދަން ކުރެވޭނެ މާ ބޮޑު މަސައްކަތެއް އޭރަކު ނޯވެއެވެ. ހުރިހާ ފިރިހެންވެރިން ދަނީ މާލެއޮތޮޅު ރިސޯޓުތަކަށެވެ. މީގެ ސަބަބުން ރަށް ބޮޑުވެފަ މީހުން މަދުހެން ހީވެއެވެ.
ރަށުގެ އަހަންނަށް ވުރެ ޢުމުރުން ދޮށީ މީހަކު އަހަރެންގެ ކައިވެންޏަށް އެދުނެވެ.
އެންމެ ފުރަތަމަ އަހަރެންގެ ކައިވެންޏަށް އެދުނު މީހާ އާއި އަހަރެން ކައިވެނި ކުރީ އޭނައަށް ލިބޭ ފައިސާއަށް ބަލާފައެވެ. ލޯބި އެއީ ކޮން އެއްޗެއް ކަމެއް އަހަރެންނަށް ނޭނގެއެވެ. މައިންބަފައިންގެ ރުހުމުގައި ކައިވެނި ކުރީއެވެ.
ފައިރޫޝް އުޅެނީ އަހަރެންގެ ގޭގައެވެ. މައިންބަފައިން ނިޔާ ވުމުގެ ކުރިން ގެ ދީފައި ވަނީ އަހަންނާއި އަހަރެންގެ ދައްތައަށެވެ. ދައްތަ އަކީ އަހަރެންނާ އެއްބަފާ އަންހެނެކެވެ. އަބަދުވެސް މަންމަ ނެތް ތަނެއްގައި ދައްތައަކީ އަހަރެންގެ މަންމައެވެ. އެކުވެރިޔާ ވެސް މެއެވެ.
ދުވަހަކީ ޢީދު ދުވަހެކެވެ. ވަރުގެ ކޮޅަށް އެންމެން ނަލަ ހެދެމުން ދިޔައެވެ. އަހަރެން ވެސް ފަހަކަށް ނުޖެހެމެވެ. ގައިގެ ވަނާތައް ފާޅުކަން ބޮޑު މެކްސީއެއް ލީމެވެ. އެވަގުތު އަހަރެންގެ ރީތިކަމުން ކާއިނާތު އިސްޖަހާލަންޖެހޭހާވެއެވެ. ލޯގަނޑުން ފަރިބަލަމުން ދިޔައިރު ޙުދު އަހަންނަށް ވެސް އަހަރެން މީ ކާކު ކަމެއް ނޭނގުނެވެ.
ލުއި މޭކަޕް ކުރުމަށްފަހު ކޮޓަރިން ނިކުތީމެވެ. ގޭތެރޭގައި އޮތް ބޫޓް ކިބައެއްގަ އަޅައިގަނެފަ އަރިއަޅާލީ ގޮތަށް އަހަރެން ހިފެހެއްޓީ އަހަރެންގެ ޅިޔަންބެއެވެ.
ޅިޔަންބެގެ ގައިމަތީ އަހަރެން ކުޑަ ކޮތަރެއް ހެން މޫނު ޅިޔަންބެގެ މޭގައި ލައްކޮށްގެން އޮތީމެވެ. (ނުނިމޭ)
ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެބުދަ އަދި ހޮނިހިރު ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.
ވާހަކަ ވަރަށް ގަދަ ދެންއޮންނަބަޔަށް އިންތިޒާރު ކުރަން
ޝަަނާ
މިވާހަކަ ވަރަށް ރީތި