ދިރާގު ރަމަޟާން ތްރީ އޮން ތްރީ ސޮކަރ ކަޕްގެ ގުރުނެގުން ބާއްވައިފި

11357185_593629190739891_313009346730039469_o

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކު އޭދަފުށީގައި ކުރިއަށް ގެންދާ ތްރީ އޮން ތްރީ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ދަ ބިގިނާސް އޮފީހުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 16 ޓީމް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ.

ގްރޫޕް “އޭ” ގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި އެފް. ސީ އޮޒޮކްގެ އިތުރުން ޓީމް އީ.ޕީ ، އެފް.ސީ ކޮޕީފަތް އަދި ޓީމް ކައްކާނީ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއެކު ކްލަބް ސަޖީ އެންޑް ފްރެންޑްސް، ސައްލޭ ސްޕޯޓްސް ކްލަބް އަދި ވެލާ ސްޕޯޓްސް ލައްވާލީ ގްރޫޕް “ބީ” ގައެވެ. މިއީ މިފަހަރު އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ ގްރޫޕެވެ.  ގްރޫޕް “ސީ” ގައި ޑައުންޓައުން އަދި އެފްސީ ސޫޕާއި އެކު ދެން ހިމެނެނީ ޓީމް ސީޝާ އަދި އެފް. ސީ ހަބޭސް އެވެ. ގްރޫޕް “ޑީ” ގައި ލައްވާލީ އެފް.ޓީ ތުތިމަސް އާއި ދިރާގު، ސަންސެޓް އަދި ލަކީ އެއިޓް ޓީމެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. ހުރިހާ މެޗެއްވެސް ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗްގައި ހުކުރު ދުވަހުގެ ރޭ 10:00 ގައި ވާދަކުރާނީ ގްރޫޕް އެފް.ސީ އޮޒޮކް އާއި ޓީމް އީ.ޕީ އެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 28 ވަނަ ދުވަހުގެ ރެއެވެ. މިއީ ކްލަބް ދަ ބިގިނާސް އިން އިންތިޒާމްކޮށްގެން އޭދަފުށީގައި މި މުބާރާތް ކުރިއަށްގެންދާ 6 ވަނަ އަހަރެވެ. މީގެ ކުރިން ކުޅެވުނު 5 މުބާރާތުގެ ތެރެއިން 3 މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެއިމްސް ޔުނައިޓެޑް އެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.