ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތް ފަށައިފި

ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން-- އީޓީ ފޮޓޯ / އަބޫ ޔައުލާ
ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / އަބޫ ޔައުލާ

 

“ކިހަވައް ރަމަޟާން ފުޓްސަލް ޓޯނަމެންޓް” ގެ ނަމުގައި އަނަންތަރާ ކިހަވައް ވިލާސް ގައި ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.

ބ. އަތޮޅު ހުރުވަޅީގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް އިން ބުނިގޮތުގައި މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ރޭގަނޑު ކުރިއަށް ގެންދާ ގޮތަށް ރާވާފައިވާ މުބާރާތެކެވެ.

ރޭ ފެށި މި މުބާރާތުގައި ޖުމްލަ ދިހަ ޓީމު ވާދަކުރެ އެވެ. އެއީ ގްރޫޕް އޭ ގައި ޓީމު ވޭވްސް، ބްރަދާސް-150، ކޭން ޑޫ، ފްރެންޑްސް އަދި އެފްސީ ވިއު އެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ޑުޑޫސް އެފްސީ ދޯކާ ޔުނިއިޓެޑް، އެފްސީ ކަށަވަރު، ޓީމް މާހޯރަ އަދި ކިހަވައް ރިކިލިއަންސް އެވެ. ޓީމުތަކުގައި ހިމެނެނީ އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން-- އީޓީ ފޮޓޯ / އަބޫ ޔައުލާ
ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / އަބޫ ޔައުލާ

 

މި މުބާރާތުގައި ރޭ ދެ މެޗެއް ކުރިއަށް ދިޔައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމު ވޭވްސް އާއި ބްރަދާސް-150 އެވެ. މި މެޗު ފަސޭހަކަމާއެކު 2-8 ލަނޑުން ކާމިޔާބުކުރީ ބްރަދާސް-150 އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބްރަދާސްގެ އަހްމަދު އަޝްރަފު އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޑުޑޫސް އާއި އެފްސީ ދޯކާ ޔުނިއިޑެޓް އެވެ. މި މެޗު 11-1 ލަނޑުން ކާމިޔާބުކުރީ އެފްސީ ޑްޑޫސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްސީ ޑްޑޫސްގެ ވިޝާމް އެވެ.

މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެ އެވެ.

ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން-- އީޓީ ފޮޓޯ / އަބޫ ޔައުލާ
ކިހަވައް ރަމަޟާން ފުޓްސަލް މުބާރާތުގެ ތެރެއިން– އީޓީ ފޮޓޯ / އަބޫ ޔައުލާ

 

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.