ޑައުން ޓައުންވެސް ކްއާޓާ ފައިނަލަށް

ރޭ ފެއިމްސް އާއި ވެލާ ބައްދަލުކުރި މެޗުގެ ތެރެއިން
ރޭ ޑައުން ޓައުން އާއި އެފްސީ ސޫޕް ބައްދަލުކުރި މެޗުގެ ތެރެއިން

 

ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގެ ކްއާޓާ ފައިނަލުން ޑައުން ޓައުން ވެސް ޖާގަ ހޯދައިފި އެވެ.

ގްރޫޕް ސީގެ ޑައުން ޓައުން ކްއާޓާ ފައިނަލުން ޖާގަ ހޯދީ ރޭ އެފްސީ ސޫޕް އަތުން 2-0 އިން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑައުން ޓައުންގެ އަހްމަދު ތަސްނީފެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީ ގެ ވެލާ ސްޕޯޓްސް އަތުން 4-0 އިން މޮޅުވެ، ފެއިމްސް ޔުނައިޓެޑް ވަނީ ކްއާޓާ ފައިނަލުން ފުރުސަތު ބޮޑުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެއިމްސްގެ ހުސައިން މުހައްމަދު އެވެ.

ރޭ ލަކީ އެއިޓް އާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން
ރޭ ލަކީ އެއިޓް އާ ދިރާގު ބައްދަލުކުރި މެޗުގެ ތެރެއިން

 

ގްރޫޕް އޭ ގެ ޓީމު އީޕީ ވަނީ ކައްކާނީ އަތުން 3-1 އިން މޮޅުވެފަ އެެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމު އީޕީ ގެ އަލީ ރާޝިދު އެވެ.

ގްރޫޕް ޑީ ގެ ލަކީ އެއިޓް އާ ވާދަކޮށް ދިރާގު މޮޅުވީ 2-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިރާގު ޓީމުގެ އަބްދުﷲ ޝަރީފު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތައް؛

• ފުރަތަމަ މެޗު؛ 22:00 ގައި ޓީމު ޝީޝާ – އެފްސީ ސޫޕް
• ދެވަނަ މެޗު؛ 22:30ގައި ތުތިމަސް އެފްސީ – ލަކީ އެއިޓް
• ތިންވަނަ މެޗު؛ 23:00ގައި އެފްސީ އޮޒޯކް – ކައްކާނީ
• ހަތަރުވަނަ މެޗު؛ 23:30 ގައި ސަޖި އެންޑް ފްރެންޑްސް – ވެލާ ސްޕޯޓްސް

ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.