އީޕީ، ފެއިމްސް، ތުތިމަސް އަދި ދިރާގު ސެމީއަށް

ފެއިމްސް ޔުނައިޓެޑް އާއި އޮޒޯކް ބައްދަލުކުރި މެޗުގެ ތެރެއިން
ފެއިމްސް ޔުނައިޓެޑް އާއި އޮޒޯކް ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ތްރީ އޮން ތްރީ މުބާރާތުގެ ސެމީ ފައިނަލުން ޓީމު އީޕީ އާއި ފެއިމްސް ޔުނައިޓެޑާއިި ތުތިމަސް އެފްސީ އަދި ދިރާގު ޖާގަ ހޯދައިފި އެވެ.

ޓީމު އީޕީ ސެމީ ފައިނަލަށް ދިޔައީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް ސަޖި އެން ފްރެންޑްސް އާ ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ. ފެއިމްސް ޔުނައިޓެޑް ސެމީ އަށް ދިޔައީ އެފްސީ އޮޒޯކް އާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ.

ކްއާޓާގައި ސަޖި އެން ފްރެންޑްސް އާއި ޓީމު އީޕީ ކުޅެނީ
ކްއާޓާގައި ސަޖި އެން ފްރެންޑްސް އާއި ޓީމު އީޕީ ކުޅެނީ

ތުތިމަސް ސެމީން ޖާގަ ހޯދީ އެފްސީ ހަބޭސް އަތުން 2-1 އިން މޮޅުވެގެންނެވެ. އަދި ދިރާގު ޓީމު ސެމީ އަށް ދިޔައީ ޑައުން ޓައުން އަތުން 1-0 އިން މޮޅުވެގެންނެވެ.

ކްއާޓާ ފައިނަލް މެޗުތަކުގެ މޮޅު ކުޅުންތެރިން:
• ފުރަތަމަ މެޗު: ހުސައިން ފާސިރު (ޓީމު އީޕީ)
• ދެވަނަ މެޗު: އިޝާން އިބްރާހީމް (ފެއިމްސް)
• ތިންވަނަ މެޗު: އިބްރާހިމް މުހައްމަދު (ތުތިމަސް އެފްސީ)
• ހަތަރުވަނަ މެޗު: މުހައްމަދު ޖައިލަމް (ދިރާގު)

ތުތިމަސް އާއި ހަބޭސް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް މުހައްމަދު އަށް މެޑަލު ހަވާލުކޮށްދެނީ
ތުތިމަސް އާއި ހަބޭސް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް މުހައްމަދު އަށް މެޑަލު ހަވާލުކޮށްދެނީ

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިރެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ޓީމު އީޕީ އާއި ދެކޮޅަށް ތުތިމަސް އެފްސީ ނުކުންނަ އިރު، ދެވަނަ މެޗުގައި ދިރާގާ ދެކޮޅަށް ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ކްލަބް ދަ ބިގިނާސް އިން ރޯދަ މަހު ބާއްވާ، ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގެ އޮފިސަލް ސޮޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.