ވާހަކަ: މަސްތު

masthu

[ޖޫން 24، 2015 ގެ ބަޔާ ގުޅޭ]

ޅިޔަންބެ ތަށިތައް ނެގުމަށް ފަހު އަހަރެން ކައިރިޔަށް ޖޫސްތަށި ހިފައިގެން

އައެވެ. އަހަރެން ކުޑަދޮރު ކާރި ބޭރުބަލަން މަޑުކޮށްލީމެވެ. ޅިޔަންބެ އަހަރެންގެ ފުރަގަހުން އައިސް ހުއްޓިލާފަ ވާހަކަ ދައްކަން ފެށިއެވެ.

“ނަފީސާ، އަސްލު އަހަރެން ލޯބިވީ ނަފީސާ ދެކެ. އަހަރެންގެ ނިކަމެތިކަމުގެ ސަބަބުން ކައިވެންޏަށް އެދެން ނުކެރުނީ އަދި އަހަރެންނަށްވުރެ ކުރިން ފައިރޫޝް ތިކަންތައް ކޮށްލީ. ރިސޯޓުގަ ހުރެފަ އައިއިރު ނަފީސާ ވަނީ ފައިރޫޝް އާއި ކައިވެނި ކޮށްފަ. އަހަރެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. ނަފީސާގެ ކައިރީ ގިނަ ވަގުތު ހޭދަ ކުރުމަށް ހަމައެކަނި އަހަރެންނަށް ލިބުނު ދަނޑިވަޅަކީ ރުޤީއްޔާ އާއި ކައިވެނި ކުރުން،” ޅިޔަންބެ ދައްކަމުން ދިޔަ ވާހަކަ މާދުރުން އަހަރެންނަށް އަޑުއިވޭހެން ހީވެއެވެ.

އެ ޖޫސްތަށި ބޯކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް މަޖްބޫރު ހާލަތުގައި އެއްނޭވާއިން އެ ޖޫސްތަށި ބޯލީމެވެ. އެވަގުތު އެބުއިމަށް އަހަރެން ބޭނުންވެފައިހުރި މިންވަރު އަހަރެންނަށް އިޙްސާސް ވިއެވެ. ހީވަނީ އެއަށްޓަކާ އަހަރެން މާކުރިން އިންތިޒާރު ކުރިހެންނެވެ.

ހަމަ ހޭގަ ހުއްޓާ މިއަދު ޅިޔަންބެ އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އެވަގުތު އެފިރުމުންވެސް އަހަންނަށް ވީ ވޭނަކަށެވެ. ރުހުމުގައި އެފިރުމުންތައް އަހަރެން ބޭނުން ނޫންކަން ކިތަންމެ ރީތިކޮށްވެސް އެނގުނެވެ. އެކަމަކު ކުރިން އަހަރެން އެފިރުމުން ބޭނުންވިކަން ގައިމެވެ.

މިއަދު އަހަރެންގެ ތަންމަތި ވެގެންދިޔައީ ކަށިތަންމަތީގެ ދާނަކަށެވެ. ދައްތަ ހަމަ ގައިމުވެސް އަހަރެންނަށް ވަރަށް އިތުބާރު ކުރާނެއެވެ. އެކަމަކު މިއަދު އެއިތުބާރު ކޮބާހެއްޔެވެ. އަހަރެންގެ ވިޔާނުދާކަމުން މިގުޅުން ވެގެންދިޔަ ގޮތް ދެކެބަލާށެވެ.

މޫނުގައި ދެއަތް އެޅުމަށްފަހު އަހަރެން ރޯންފެށީމެވެ. މިވާހަކަ އެއްވެސް މީހެއް ކާރީ ދައްކަން އަހަރެން ލަދުގަނެއެވެ.

އެދުވަހު ފައިރޫޝް ރަށަށް އައެވެ. ބުނެވެސް ނުލާ ސަޕްރައިޒެއް ދޭން އައީއެވެ.

އެންމެ އަޖާއީބު ވާކަމަކީ ފައިރޫޝް ހުންނަ ދުވަހު ޅިޔަންބެ އެ ޖޫސްތަށި ނުދޭކަމެވެ. އަދި ގިނަ ވަގުތު ޅިޔަންބެ ގޭގަވެސް ނޫޅޭ ކަމެވެ.

ރޭގަނޑު އަހަރެން ނިދަން އައިއިރު ފައިރޫޝް އޮތީ އޮށޯވެގެންނެވެ.

ކުރިން ބަލާހެން ފައިރޫޝާ ދިމާއަކަށް އަހަންނަކަށް ނުބެލުނެވެ. ހަމަ ގައިމުވެސް ކުރިން އޮތް ލޯބި އަހަރެމެންގެ ދޭތެރޭގައި ނެތްކަން ގައިމެވެ.

އަހަރެން ބޭނުންވީ އެއެނދުގައިވެސް ނޯންނާށެވެ. ފިރިމީހާގެ އަތް އަހަރެންގެ ހަށިގަނޑުގައި ޖެހޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން މާމުޑޫދާރެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.