ފެއިމްސް ޔުނައިޓެޑް އާއި ޓީމު އީޕީ ފައިނަލަށް

ސެމީ ގައި ރޭ ދިރާގާއި ފެއިމްސް ބައްދަލުކުރި މެޗުގެ ތެރެއިން
ސެމީ ގައި ރޭ ދިރާގާއި ފެއިމްސް ބައްދަލުކުރި މެޗުގެ ތެރެއިން

 

ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕްގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑާއި ޓީމު އީޕީ (އޭދަފުށީ ޕޮލިސް) ދަތުރުކޮށްފި އެވެ.

މިހާތަނަށް މި މުބާރާތުގެ ފައިނަލުގައި ތިން ފަހަރު ކުޅެ، އެ ތިން ފަހަރުވެސް ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ފައިނަލަށް ދިޔައީ ރޭ ކުޅުނުު ސެމީ ފައިނަލުގެ މެޗުގައި ދިރާގާ ވާދަކޮށް 3-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ޕެއިމްސް އަށް ހުސައިން މުހައްމަދު ދެ ލަނޑު ޖަހައިދިން އިރު، އަނެއް ލަނޑު ޖަހައިދިނީ އަބްދުﷲ ޒައީމު އެވެ.

ސެމީ ގައި ޕޮލިހާއި ތުތިމަސް ބައްދަލުކުރި މެޗުގެ ތެރެއިން
ސެމީ ގައި ޕޮލިހާއި ތުތިމަސް ބައްދަލުކުރި މެޗުގެ ތެރެއިން

 

އޭދަފުށީ ޕޮލިސް ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ތުތިމަސް އެފްސީއާ ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ. މެޗުގައި ޕޮލިހަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސިމާން ސައީދެވެ.

ފެއިމްސް ޔުނައިޓެޑް އާއި ޕޮލިސް ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ 22:00 ގަ އެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން ކްލަބް ދަ ބިގިނާސް އިން ރޯދަ މަހު ބާއްވާ، ތްރީ އޮން ތްރީ ސޮކާ ކަޕުގެ އޮފިސަލް ސޮޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

މިއީ ޓީބީ އިން މި މުބާރާތް ބާއްވާ ހަ ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.