ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕުގެ ޗެމްޕިއަންކަން ފެއިމްސް ހޯދައިފި

ފެއިމްސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. –އީޓީ ފޮޓޯ: ތޯރިގް
ފެއިމްސްގެ ކުޅުންތެރިން ތަށި އުފުލާލަނީ. –އީޓީ ފޮޓޯ: ތޯރިގް

ދިރާގު ތްރީ އޮން ތްރީ ސޮކާ ކަޕްގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑް ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.

އެންމެ ފަހުގެ ވެސް ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް ތަށި ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އޭދަފުށީ ޕޮލިސް (ޓީމު އީޕީ) އާ ކުޅެ 2-0 އިން މޮޅުވެގެންނެވެ. ފެއިމްސް ޔުނައިޓެޑުން މުބާރާތް ކާމިޔާބުކޮށްފައިވަނީ މިދިޔަ އަހަރާއި 2012 އަދި 2011 ވަނަ އަހަރު އެވެ.

ފެއިމްސް އާއި ޕޮލިސް ފައިނަލުގައި ކުޅެނީ. –އީޓީ ފޮޓޯ: ތޯރިގް
ފެއިމްސް އާއި ޕޮލިސް ފައިނަލުގައި ކުޅެނީ. –އީޓީ ފޮޓޯ: ތޯރިގް

 

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑުގެ ހުސައިން މުހައްމަދު އެވެ. ރޭ ގެ މެޗުގައި ފެއިމްސް އަށް ދެ ލަނޑު ވެސް ޖެހައިދިނީ ހުސައިން މުހައްމަދު އެެވެ.

ފެއިމްސް ޔުނައިޓެޑް ޗެމްޕިއަންކަން ހޯދުމުން އެ ޓީމަށް އޮޓޮމެޓިކުން އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހުސައިން މުހައްމަދަށް ދެނީ/ އީޓީ ފޮޓޯ: ތޯރިގް
އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހުސައިން މުހައްމަދަށް ދެނީ/ އީޓީ ފޮޓޯ: ތޯރިގް

 

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000ރ ދީފައިވާއިރު ރަނާ އަޕް ޓީމަށް 1500ރ. ދީފައިވެ އެވެ.

މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ހުސައިން މުހައްމަދުގެ އިތުރުން ދިރާގުގެ މުހައްމަދު ޖައިލަމު އާއި ޕޮލިސް ޓީމުގެ ހުސައިން ފާސިރު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ، 5 ގޯޅު ޖެހި މުހައްމަދު ޖައިލަމު އެވެ. ފެއާ ޕްލޭ ޓީމަކީ ދިރާގެވެ.

އެންމެ މޮޅު ގިން ގޯލް ޖެހި ޖައިލަމްއަށް ޓްރޮފީ ދެނީ/ އީޓީ ފޮޓޯ: ތޯރިގް
އެންމެ މޮޅު ގިން ގޯލް ޖެހި ޖައިލަމްއަށް ޓްރޮފީ ދެނީ/ އީޓީ ފޮޓޯ: ތޯރިގް

 

ތްރީ އޮން ތްރީ ސޮކާ ކަޕުގެ އޮފިސަލް ސޮޕޮންސަރަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު އެވެ. ކޯ ސްޕޮންސަރުންނަކީ ކެލިން އާއި ޑިޒަޔާޑް މޯލްޑިވްސް އެވެ. މިފަހަރުވެސް މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް “އީޓީ” އެވެ.

މިއީ ކްލަބް ދަ ބިގިނާސް އިން މި މުބާރާތް ބޭއްވި ހަ ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.