މާލޭގައި މިރޭ ފަށާ ރަމަޟާން ނެޓްބޯޅަ ލީގު ގައި އޭދަފުށީ ޓީމެއް

ޓީމު އޭދަފުށި
ރަމަޟާން ނެޓްބޯޅަ ލީގުގައި ވާދަކުރާ ޓީމު އޭދަފުށި

 

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭގައި މިރޭ ފަށާ “ރަމަޟާން ނެޓްބޯޅަ ލީގު” ގައި އޭދަފުށީގެ ޓީމެއް ބައިވެރިވެއްޖެ އެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވެފައިވާއިރު، އޭދަފުށީ ޓީމު މުބާރާތުގައި ބައިވެރިވެފައިވަނީ “ޓީމު އޭދަފުށި” ނަމުގަ އެވެ.

މިރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވި ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލިއިރު ޓީމު އޭދަފުށި ހިމެނެނީ ގްރޫޕް އޭ ގަ އެވެ. މުބާރާތް ހުޅުވާ ފުރަތަމަ މެޗުގައި މިރޭ 22:00 ގައި ޓީމު އޭދަފުށި ނުކުންނާނީ އެ ގްރޫޕުގެ އެވެންޖާސް އާ ދެކޮޅަށެވެ.

މުބާރާތުގައި ޓީމު އޭދަފުށި ގެ މެޗުތައް ހަމަޖެހިފައިވާގޮތް؛
• ޖުލައި 1، ޓީމު އޭދަފުށި –އެވެންޖާސް
• ޖުލައި 3، ޓީމު އޭދަފުށި – ފިއޮންޓީ ސީނިއާސް
• ޖުލައި 5، ޓީމު އޭދަފުށި – އެމްއެޗް ލެގާލްޒް

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ ހޯލުގަ އެވެ.

މި މުބާރާތަށް އޭދަފުށީ ޓީމު ސްޕޮންސަކުރީ މާލޭ ލިޓަސް އޮޓޯމޮބައިލް އާއި ސްޕޯޓްސްލޭންޑް އަދި ލިންޗްޕިން ގެ އިތުރުން އޭދަފުށީ އޮޒޯކް ސްޕޯޓްސް އިންނެވެ.

އޭދަފުށީ ޓީމުން ބުނީ ސަޕޯޓަރުން އެހީ ޓީމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މި މުބާރާތުންވެސް ރަށަށް ރީތި ނަމެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭދަފުށީ ޓީމުގެ ކުޅުންތެރިން

ޝަމްލާ އަލީ (ކެޕްޓަން)
ޖުނައިނާ ޖާދުﷲ
ފާތުމަތު އުލްފާ އަބްދުއްޝަކޫރު
ސުހާ އަބްދުއްރަހީމް
ފާތުމަތު މުޒުނާ
ޒުބާނާ އިބްރާހިމް
އައިމިނަތު ރުދައިނާ
ޚަދީޖާ ނުވާސާ
ނީޝާން ވަހީދު
ޝަހުމާ ޢަބްދުއްރަހްމާން
ޖަޒްލީ ޖާދުﷲ
އައިމިނަތު އަބްދުއްރަޝީދު
ސަޚާވަތު އިބްރާހިމް (މެނޭޖަރު)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.