ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދީފި

ބ. އަތޮޅުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ

 

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ރަމަޟާން މަހުގެ ދުވަސްތައް އިހްޔާ ކުރުމުގެ ގޮތުން މިދިޔަ ހަފުތާ ތެރޭގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އަދި އަތޮޅު ކައުންސިލު އިދާރާ ގުޅިގެން ކުރިއަށްގެދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި މިއަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ވަނީ ދީނީ ނަސޭހަތް ދީފަ އެވެ.

ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރަށްރަށުގައި ދީނީ ނަސޭހަތް ދެއްވީ ޑރ އަބްދުﷲ ޝިހާމް ހަސަން އާއި އައްޝައިޚް އަބްދުލް މަޖީދު މުހައްމަދު އެވެ.

ބ. އަތޮޅުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ އަތޮޅު ކައުންސިލް އިދާރާ

 

މި ބޭފުޅުން ދީނީ އެކި މައުލޫތަކަށް ދީނީ ނަސޭހަތް ދެއްވި ކަމަށް އަތޮޅު ކައުންސިލު އިދާރާއިން ބުންޏެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަށް ރަށްރަށުގެ ކައުންސިލުތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ވަނީ ލިބިފައެވެ. އަދި ދީނީ ނަސޭހަތުގެ ޕްރޮގްރާމްތައް އަޑު އެހުމަށް ގިނަ ބަޔަކު މިސްކިތްތަކަށް ދިޔަކަން ފާހަގަ ކުރެވެ އެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.