ކޮރޯނާވައިރަހަށް ބ. އަތޮޅު ހިމެނޭ ސަރަހައްދުން ޝައްކުވާ މީހުންބައިތިއްބާ ތަނެއްގެ ގޮތުގައި ގާއިމުކުރާ އައިސޮލޭޝަން ފެސިލިޓީ އޭދަފުށީގައި ގާއިމުކުރާގޮތަށް މަޝްވަރާ ކޮށްފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑް 19 ގެ އެންމެ ނުރައްކާތެރި ކޭސް ސިނާރިއޯއަށް ތައްޔާރުވުމުގެ ގޮތުން ނ، ރ، ބ. އަދި ޅ އަތޮޅުގައި ސަރަހައްދީ ލެވެލްގައި ތައްޔާރުކުރާ އައިސޮލޭޝަން ފެސިލިޓީ ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރުގެ މަތީ ފެންވަރުގެ ޓީމެއް އެ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 ޖެހުނީ 13 މީހަކަށެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެހެން މީހުންގެ ހާލު ވެސް އަދި ރަނގަޅެވެ. ރާއްޖެ އިން މިހާތަނަށް އެއްވެސް ދިވެއްސަކަށް ކޮރޯނާވައިރަސް ނުޖެހެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބަލި ޖެހުނު މީހުންގެ އަދަދަކީ މިހައިތަނަށް 308,592 އެވެ. އޭގެ ތެރެއިން 13,069 މީހުން މަރުވި އިރު 95,829 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Mifadha vaguthegga, EYDHAFUSHI rayyithunge ebbaarulun libeyne.