ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓް ކައިރީގައި އޮންނަ ދިގަލި ފަރު ކައިރި އަށް އެންދަމަން ގޮސް ފީނަން އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ، އުމުރުން 41 އަހަރުގެ އެ ފިރިހެންމީހާ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ މެންދުރު 13:30 ހާއިރު ކަމަށެވެ. ނަމަވެސް އެ މީހާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެ އެވެ.
މަރުވީ ރ. ކިނޮޅަހު މަސްދޯންޏެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.