ލިޔުނީ؛ ރޯޒީ ޝަރީފް
ކުރިން ކުޅުނު ކުޅިގަނޑު ކުޅެން ޅިޔަނު އުޅެއެވެ. ޖޫސް ހިފައިގެން އަހަރެންގެ ކޮޓަރިޔަށް އާދެއެވެ. އެހެނަސް އަހަރެން ބަލާވެސް ނުލަމެވެ.
ޅިޔަނު ބުނާ ކޮންމެ އެއްޗެއްގައި ފޮރުވިފައިވާ މާނައެއް އޮވެއެވެ. ކުރާ ކޮންމެ ހަރަކާތެއްގައި ސިއްރު މެސެޖެއް އޮވެއެވެ.
އަހަންނަށް އިހުސާސް ކުރެވުނީ އަހަރެންގެ ގަމާރުކަމެވެ.
ކެތްތެރިކަމާ އެކު އަހަރެން އިންތިޒާރު ކުރީ ވަރިއަށް އެދޭނެ ރަނގަޅު ދަނޑިވަޅަކަށެވެ. އެ ދަނޑިވަޅެއް ވެސް ނައެވެ.
“އަހަރެން ވަރި ކުރޭ!” އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ވަގުތުގައި އަހަރެން ބުނީމެވެ.
އެއީ ފައިރޫޝް އެއްމަސްދުވަހުގެ ޗުއްޓީއަށް ރަށަށް އައި ދަނޑިވަޅެވެ.
އަހަރެން އެހެން ބުނި ވަގުތު ޅިޔަނުވެސް އަހަރެމެންގެ ކޮޓަރީ ދޮރާ އަރާހަމަވީއެވެ. .
ޅިޔަނަށް ލިބުނީ ޝޮކެކެވެ. އަހަރެމެން ކޮޓަރި ކާރީ އޭނާ މަޑުކޮށްލައިގެން ހުރެފަ ދިޔައީއެވެ..
“ކީކޭ؟” އިވުނު އަޑު ފައިރޫޝްއަށް ގަބޫލު ނުކުރެވުނު ކަހަލައެވެ. “ވަރި ކުރާށޭ؟ އެހެންތަ ތި ބުނީ؟”
ފައިރޫޝް ވާހަކަދެއްކިލެއް ބާރުކަމުން ގެޔަށް ވަދެގެން އައި ދައްތަޔަށް އެ އަޑު އިވުނެވެ. ދައްތަވެސް އަހަރެމެން ކޮޓަރި ކާރީ މަޑުކޮށްލިތަން އަހަރެންނަށް ފެނުނެވެ.
ދައްތަޔަށް އިއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް ދައްތަޔަށް އަޑުއިވޭނެތާއެވެ. ސިއްރު ބައިވަރު ކަންތަށް ވެނިމިއްޖެއެވެ…
“މަ ބޭނުމެއް ނޫން ފައިރޫޝްއާއި އިނދެގެން އުޅޭކަށް،” ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. “ވަރި ކުރޭ މަ.”
“ކަލޭ މީހަކާ ހިތާވީތަ؟” ފައިރޫޝް ސުވާލު ކުރިއެވެ. “އޭނ؟ ބުނެބަލަ.”
އަހަރެން ހިތަށްއެރިއެވެ. އެ ސަބަބު ދައްކައިގެން އަހަރެން ބަދުނާމު ވިޔަސް، ޅިޔަނާއި ދައްތަގެ ދިރިއުޅުމަކަށް އަސަރެއް ނުކުރާނެއެވެ.
“އާނ!” އަހަރެން ބުނީމެވެ. “މަ ބޭނުން އޭނަޔާ އިންނަން ވެސް.” (ނުނިމޭ)