ފޭލި ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އީދު ދުވަހުގެ ރޭ

ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ

މި ރޯދަމަހު ފޭލި ޖަމިއްޔާއިން ބޭއްވި ޤުރްއާން މުބާރާތުގެ ނަތީޖާ ފިތުރު އީދު ދުވަހުގެ ރޭ ފާޅުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ފޭލި ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ މުހައްމަދު ރަޝީދު ވިދާޅުވީ އެ ޖަމިއްޔާއިން ބޭއްވި 13 ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ ހުކުރު ދުވަހުގެ ރޭ 8:25 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެ ކަމަށެވެ.

ފޭލި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ

ފޭލިން ބުނި ގޮތުގައި ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މި މުބާރާތުގައި ބައިވެރިވެ ކިޔެވި ކޮންމެ ބައިވެރިއަކަށް ހަނދާނީ ލިޔުމަކާއި އިނާމެއް ދެވޭނެ އެވެ. އަދި 1، 2، 3، ވަނަ ފިޔަވައި ކޮންމެ އުމުރު ފުރައަކުން އެންމެމޮޅު 5 ބައިވެރިންނާއި މުޅި މުބާރާތުން ދެ ގޮފިން 1، 2 އަދި 3 ވަނަ ހޮވާ އިނާމު ދެވޭނެ ކަމަށްވެސް ފޭލިން ބުންޏެވެ.

ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ
ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ

މި މަހުގެ 8-10 އަށް ބޭއްވި މި މުބާރާތުގައި އެކި އުމުރު ފުރާތަކުން 300 އަށްވުރެ ދަރިވަރުން ވާދަކުރި އެވެ.

ފޭލިން ބުނީ ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ
ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ
ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ
ފޭލި ޤުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އީދު ދުވަހުގެ ރޭ 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.