ނުރައްކާތެރި އެކްސިޑެންޓަކުން ޒުވާނަކު ހަނިގޮތަކަށް ސަލާމަތްވެއްޖެ

އެކްސިޑެންޓް ހިނގި ސަރަހައްދު -- ފޮޓޯ / ސައިނޯސާ ރާއި
އެކްސިޑެންޓް ހިނގި ސަރަހައްދު — ފޮޓޯ / ސައިނޯސާ ރާއި

ބ. އޭދަފުށީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ދޯންޏެއް އެހެލަން އަޅާފައި އޮތް ވައިރު ނަރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބޮޑު ގެއްލުންތަކެއް ނުލިބި ޒުވާނަކު ސަލާމަތްވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މިރަށު ކޮކާހިޔާ ޖަޒްލާން އަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދޯނި އެހެލާ ސަރަހައްދުގައި ބަލަންވާރަށް ނުބަލައި ސައިކަލު ދުއްވުމުގެ ސަބަބުންނެވެ.

“ދެކުނު ފަރާތު ދޯނި އެހެލާ ސަރަހައްދުގައި ބޮޑު އޮޑިއެއް އެހެލުމުގެ މަސައްކަތް އެވަގުތު ކުރަމުން ދިޔައީ. ބޮޑު އޮޑިއެއް ވީމަ  ވައިރު އަޅާފަ ހައިމާކު އޮތީ ފުދޭވަރަކަށް ދުރުގައި، ބަލަންވާވަރަށް ނުބަލާ ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވެގެން އެކްސިޑެންޓް ހިނގަން މެދުވެރިވީ،” އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ހަވީރު އޭދަފުށީގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ. ނުރައްކާތެރި އެކްސިޑެންޓުގައި މާބޮޑު ގެއްލުންތަކެއް  ނުލިބި ޒުވާނަކުވަނީ ސަލާމަތްވެފައި-- ފޮޓޯ / ސައިނޯސާ ރާއި
މިއަދު ހަވީރު އޭދަފުށީގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ. ނުރައްކާތެރި އެކްސިޑެންޓުގައި މާބޮޑު ގެއްލުންތަކެއް ނުލިބި ޒުވާނަކުވަނީ ސަލާމަތްވެފައި– ފޮޓޯ / ސައިނޯސާ ރާއި

އަލީ ވަހީދު ވިދާޅުވީ މި އެކްސިޑެންޑްގައި އަނިޔާވި ޒުވާނާ ސައިކަލް ކޮންޓްރޯލް ކުރަން ވަރަށް ދުރުން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ ދުއްވާފައި އައިލެއް ބާރުކަމުން ކޮންޓްރޯލް ވާގޮތް ނުވީ ކަމަށެވެ. އަދި އެވަގުތު އެކްސް ކަވޭޓަރުގައި މަސައްކަތް ކުރަން އިން ޑްރައިވަރުވެސް ސައިކަލުގައި ބާރު ސްޕީޑުގައި އޭނާ އަންނަ ތަން ފެނުމާއެކު ބަރުގަނޑު އެޅިކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

“ވައިރުގައި ޖެހުމާއެކު އޭނާ ސައިކަލް ދޫކޮށްލާފައި ފުންމާލީ، ވައިރުގައި އޭނާގެ ދަތްދޮޅި އަޅައިގެން ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައި ހުރި، ސީރިއަސް ގެއްލުމެއް ނުލިބޭ ” އަލީ ވަހީދު ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގުމާއެކު ވަގުތުން ޖަޒްލާން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Alifulhu

    Kon iraku eydhafushy ga dhoani ehelaa thaneh hedy
    kon masroo ehge dhashun hedi thaneh baa
    maadan vaane aailaa govaagen eydhafushy ga hadaafa huri dhoani ehelaa sarahadu balaalan daan

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.