ފޭލި ޤުރުއާން މުބާރާތުން އެއްވަނަ ޔުމްނާ އާއި އިޔާން އަށް

ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޔުމްނާ އަށް އިނާމުވާލުކޮށްދެނީ---
ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޔުމްނާ އަށް އިނާމުވާލުކޮށްދެނީ—

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން މި ރޯދަމަހާ ދިމާކޮށް އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ސަބްދެލިގޭ، ފާތުމަތު ޔުމްނާ އާތިފް އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަލިތަރި އިޔާން އަލީވަހީދު ހޯދައިފި އެވެ.

އިޔާން ވަނީ މިދިޔަ އަހަރުގެ މުބާރާތުންވެސް ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދައިފަ އެވެ.

ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އިޔާންއަށް އިނާމުވާލުކޮށްދެނީ---
ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އިޔާންއަށް އިނާމުވާލުކޮށްދެނީ—

 

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފޭލި ޖަމިއްޔާއިން ބޭއްވި 13 ވަނަ ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އަލިތަރި، އަޝްހާ އަލީ ވަހީދު ދެވަނަ ހޯދިއިރު ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދީ ފަރިވާގޭ، އިސްމާއިލް ޒާއިން އެވެ. ހިތުން ކިޔެވުމުގެ ގޮފިން ތިންވަނަ ލިބުނީ ދޮންދުބުރިގޭ ހައިޝަމް ޚާލިދު އަށެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން ތިންވަނަ ލިބުނީ ބ. ހިތާދޫ އަސަރީވިލާ އާއިޝަތު ނަޖްލާ އަށެވެ.

މުޅި މުބާރާތުން އެއްވަނަ ލިބުނު ޔުމްނާ އާއި އިޔާން އަށް މިއަހަރު އަމިއްލަ ފަރާތަކުން 5،000ރ ހުށަހެޅި އެވެ.

ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަހޯދި އަޝްހާ އަލީ ވަހީދަށް އިނާމުވާލުކޮށްދެނީ---
ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެވަނަހޯދި އަޝްހާ އަލީ ވަހީދަށް އިނާމުވާލުކޮށްދެނީ—

 

މީގެ އިތުރުން އެކި އުމުރުފުރާތަކުންވެސް ދެ ގޮފިން އެންމެ މޮޅު ތިން ބައިވެރިން ހޮވާ އިނާމާއި ސެޓްފިކެޓް ދިނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ބ. އަތޮޅަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ކުރީގެ އަތޮޅުވެރިޔާ އަދި ފޭލި ޖަމިއްޔާ ފައުންޑާ މެންބަރު އަބްދުއްރައްޒާގު މުހައްމަދު އެވެ.

ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދި ޒާއިން އަށް އިނާމުވާލުކޮށްދެނީ---
ފޭލިން ބޭއްވި ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދި ޒާއިން އަށް އިނާމުވާލުކޮށްދެނީ—

 

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރު މުބާރާތުގެ ގަވައިދަށް ބަދަލު ގެންނަން ވިސްނާފައިވާ ކަމަށެވެ.

އިތުރު ފޮޓޯތައް: އެވޯޑު ދިނުމުގެ ހަފުލާގެ ފޮޓޯ ގެލަރީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.