ދަރަވަންދޫ ފުޓްބޯޅަ ދަނޑު ސަަރަހައްދުގައި ފެންސް ޖަހައިފި

ދަރަވަންދޫ ފުޓްބޯޅަ ދަނޑުގައި ފެންސް ޖަހައިފި
ދަރަވަންދޫ ފުޓްބޯޅަ ދަނޑުގައި ސަރަހައްދުގައި ފެންސް ޖަހައިފައި

 

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގެ ވަށާފާރު ރާނައި ފެންސް ދާ ޖަހައިފި އެވެ

ދަރަވަންދޫ ކައުންސިލުން ބުނީ ފުޓްބޯޅަ ދަނޑު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓް ފުރަތަމަ ފިޔަވަހީގައި ކުރިޔަށްގެންދެވުނު މި މަސައްކަތުގެ ދަށުން އެގާރަސަތޭކަ ފޫޓް ދިގު ސަރަހައްދެއްގައި ވަށާފާރު ތިން ފޫޓަށް ރާނައި، ހަފޫޓް އުސްކޮށް ފެންސް ދާ ޖަހާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީއާ ހަވާލާދީ ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި ހަތްލައްކަ ރުފިޔާއަށްވުރެ އަގުބޮޑު މި މަސައްކަތަށް ފަހު ދަނޑުގެ ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމް ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ދަރަވަންދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި އަދު ބަށިކޯޓެއްގެ އިތުރުން ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ދަރަވަންދޫ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. sanagu geri

    ދަރަވަންދޫ ކައުންސިލުތަކަށް އެނގެނީ ރަށުގަ ހެދިފައިހުރި ގަސްގަހާގެހި ކަނޑާށާއި ތިޔަކަހަލަ ތާކުންތާކު ނުޖެހޭ ނކސ ތޅން، ރައްޔިތުންނަށް ލާބައާއި މަންފާއެއްކުރާ ހަމަ އެއްކަމެއްވެސް ކުރާކަށް ނޭނގޭނެ، ޖަހާފަހުރި ސިމެންތީގެ އޮމާންކަމުން މަސައްކަތުގެ ފެންވަރު ވަރަށް ރަގަޅަށް އެނގޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.