ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ޑިސެމްބަރު މަހު

ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
މިދިޔަ އަހަރު ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފައިލް ފޮޓޯ

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު ޑިސެމްބަރު 3-17 އަށް ބާއްވަން ނިންމައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޔޫ ސްޕޯޓްސް އިން ބުނިގޮތުގައި ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަނުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މިއަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކަށް ދިނުމަށްވަނީ ވަނީ ހަމަޖެހިފަ އެވެ.

މިއަހަރު މި މުބާރާތް ބާއްވަނީ ޔޫ-ސްޕޯޓްސް އާއި އޭދަފުށި ޔޫތު ޑިވެލޮޕްމަންޓް (އީވައިޑީ) ގުޅިގެންނެވެ. އީވައިޑީ އަކީ މިއަހަރު އަލަށް ރަޖިސްކޮށް ހިންގަންފެށި ޖަމިއްޔާއެވެ.

މިދިޔަ އަހަރު ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ފަސޭހަ ކަމާއެކު އޭދަފުށި ބަލިކުރުމަށްފަހު ހޯދީ ގޮއިދޫ އިންނެވެ. އެ މުބާރާތުގައި މިއަތޮޅުގެ އަށް ރަށަކުން ވާދަކުރި އެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.