ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ނިމުމާއެކު ސެމީފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެ އެވެ.
ޖުމްލަ 10 ޓީމެއް ވާދަކުރި މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ އިރުމަތީ ލަވާސް އާއި ވެލާ ސްޕޯޓްސް އާއި އެކްސް ކާޝަން އަދި ޔުނައިޓެޑް ވީ އެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިރުމަތީ ލަވާސް އާ ދެކޮޅަށް އެކްސް ކާޝަން ކުޅޭއިރު ވެލާ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީ އެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:30 ގަ އެވެ.
ކްލަބު ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 3،000ރ. އެވެ.