ސީސީ ފުޓްސަލް ފިއެސްޓާގެ ފައިނަލަށް އިރުމަތީ ލަވާސް އާއި ވެލާ ސްޕޯޓްސް

ސީސީ ފުޓްސަލް މުބާރާތުގައި ކުޅެނީ
ސީސީ ފުޓްސަލް މުބާރާތުގައި ކުޅެނީ

ސީސީ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ސެމީ ފައިނަލު މެޗުތަކުން މޮޅުވެ އިރުމަތީ ލަވާސް އާއި ވެލާ ސްޕޯޓްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިރުމަތީ ލަވާސް ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 8-3 އިން އެކްސް ކާޝަން ބަލިކުރުމަށްފަހު އެވެ. މި މެޗުގައި އިރުމަތީ ލަވާސް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޔަޝްފާދު ހަބީބު އާއި އަބްދުﷲ ޒައީމު އެވެ. މޭން އޮފް ދަ މެޗަށް ހޮވުނީ ވެސް ޔަޝްފާދުއެވެ.

ފައިނަލުގެ އަނެއް ޖާގަ ވެލާ ސްޕޯޓްސް އިން ހޯދީ ސެމީގައި 6-1 އިން ޔުނައިޓެޑް ވީގެ މައްޗަށް ކުރި ހޯދުމަށްފަހު އެވެ. މި މެޗުގައި ވެލާ ސްޕޯޓްސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޒުބައިރު އާއި އަބްދުލްމަޖީދު އެވެ. މޭން އޮފް ދަ މެޗަށް ހޮވުނީ ވެސް ޒުބައިރެވެ.

މި މުބާރާތުގެ ފައިނަލްގައި އިރުމަތީ ލަވާސް އާއި ވެލާ ސްޕޯޓްސް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 21:00 ގަ އެވެ.

ކްލަބު ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 3،000ރ. އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.