ގޮއިދޫ ސްކޫލަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ހޯދުމަށް ވޯލްޑް ބޭންކުގެ އެހީ

ބ. ގޮއިދޫ ސްކޫލް
ބ. ގޮއިދޫ ސްކޫލް

ބ. ގޮއިދޫ ސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމާއި ޕްރިންޓަރު ހޯދުމަށް ވޯލްޑް ބޭންކްގެ އެހީ ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއީ ވާލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ އެންހޭންސިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ) ގެ ދަށުން ލިބޭ އެހީއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ބ. އަތޮޅު ގޮއިދޫ ސްކޫލާއެކު އިތުރު 11 ސްކޫލަކަށް މި އެހީ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވޯލްޑް ބޭންކްގެ އެހީ ލިބޭ ސްކޫލްތައް:
1- ހއ. ކެލާ މަދަރުސަތުލް ޝެއިޚް އިބްރާހިމް
2- ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
3- ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް
4- ހދ. އަތޮޅު މަދަރުސާ
5- ބ. ގޮއިދޫ ސްކޫލް
6- ޅ.އަތޮޅު މަދަރުސާ
7- ކ. އަތޮޅު މަދަރުސާ
8- ލ. އަތޮޅު ތަޢުލީމީ މަރުކަޒު
9- ލ. މާވަށު ސްކޫލް
10- ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
11- ސީ.އެޗް.އެސް.އީ

މި އެހީގެ ދަށުން ސްކޫލުތަކަށް ބޭނުންވާ، ކޮމްޕިއުޓަރު ސިސްޓަމާއި ޕްރިންޓަރުތައް ފޯރުކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ވޯލްޑް ބޭންކްގެ އެހީގައި ލިބޭ ތަކެތި ސްކޫލްތަކަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.