ސީސީ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ހޯދައިފި

ވެލާ ސްޕޯޓްސްގެ ކުޅުންތެރިން ތަށި އުފުލާލަނީ
ވެލާ ސްޕޯޓްސްގެ ކުޅުންތެރިން ތަށި އުފުލާލަނީ

ސީސީ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ރޭ ހޯދައިފި އެވެ.

ފިތުރު އީދު ބަންދާ ދިމާކޮށް ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބޭއްވި މުބާރާތް ވެލާ ސްޕޯޓްސް ކާމިޔާބުކުރީ ފައިނަލުގައި އިރުމަތީ ލަވާސް އާ ވާދަކޮށް 8-4 އިން ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ އާދަމް ނިޒާމު އެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އިރުމަތީ ލަވާސްގެ ޔަސްފާދު ހަބީބު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޔަސްފާދުގެ އިތުރުން ވެލާ ސްޕޯޓްސްގެ ގޯލް ކީޕަރު އަހްމަދު ޝާހިދު އާއި އަލީ ޒުބައިރު އާއި ހިޝާން އަބްދުލްޝަކޫރު އަދި އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އިރުމަތީ ލަވާސްގެ އަހްމަދު ޝިޔާހު އެވެ ފެއާޕްލޭ ޓީމަކީ އެކްސް ކާޝަން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000ރ. ދިން އިރު ރަނަރަޕް ޓީމަށް 3000ރ ދީފައިވެ އެވެ. ސީސީން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.