ހިތާދޫގައި ގާއިމުކުރާ ފެނުގެ ނިޒާމް ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި

ފެނުގެ ނިޒާމުގެ ޓެންޑާ މަސައްކަތްްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ / އެންވަޔަރަމަންޓް މިނިސްޓްރީ
ފެނުގެ ނިޒާމުގެ ޓެންޑާ މަސައްކަތްްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ / އެންވަޔަރަމަންޓް މިނިސްޓްރީ

 

ހިތާދޫ ގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރިޔަން ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.

މި މަޝްރޫއުގެ ދަށުން ހިތާދޫގެ ނ. ލަންދޫ، އދ. ހަންޏާމީދޫ، އަދި ރ. މާކުރަތު ގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޑިޒައިން ރިޔަން ކުންފުނިން ތައްޔާރުކުރާނެ އެވެ. މި މަސައްކަތްތަކަށް އެއް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ އެވެ.

ފިޔޯރީގެ ނަރުދަމާ ނިޒާމުގެ އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރަން ހަވާލުކުރީ ސޭންޑް ކޭސް ކުންފުންޏަށެވެ. މިއީ ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ މަސައްކަތެވެ.

މި ދެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރްމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވީ މިހާރު ވެސް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މި ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމި ރައްޔިތުންނަށް ހިދުމަތް ދެވޭ ވަރުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.