ފުޓްބޯލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އޯގަސްޓް 20 ގެ ނިޔަލަށް

ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. -- އީޓީ ފޮޓޯ / ނައުޝަލް
މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. — އީޓީ ފޮޓޯ / ނައުޝަލްމި

ބ. އަތޮޅަށް ހުޅުވާލައިގެން މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 20 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޔޫ ސްޕޯޓްސް އިން ބުނިގޮތުގައި ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަނުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ އޯގަސްޓް 20 އެވެ.

ޔޫ ސްޕޯޓްސް އިން ބުނީ ޖުލައި 26 ގެ ބަންދަށް ފަހުު ސަރުކާރު އޮފީސްތައް ހުޅުވުމާއެކު މިއަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކަށް ރަސްމީކޮށް ދައުވަތު ފޮނިވާނެ ކަމަށެވެ.

މިއަހަރު މި މުބާރާތް ބާއްވަނީ ޔޫ-ސްޕޯޓްސް އާއި އޭދަފުށި ޔޫތު ޑިވެލޮޕްމަންޓް (އީވައިޑީ) ގުޅިގެންނެވެ. އީވައިޑީ އަކީ މިއަހަރު އަލަށް ރަޖިސްކޮށް ހިންގަންފެށި ޖަމިއްޔާއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 3-17 އަށް އޭދަފުށީ ފުޓްބޯޅަ  ދަނޑުގަ އެވެ.

މިދިޔަ އަހަރު ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ފަސޭހަ ކަމާއެކު އޭދަފުށި ބަލިކުރުމަށްފަހު ހޯދީ ގޮއިދޫ އިންނެވެ. އެ މުބާރާތުގައި މިއަތޮޅުގެ އަށް ރަށަކުން ވާދަކުރި އެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.