ތުޅާދޫގައި ނަހަލާލަށް ވިހެއި ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ

ބ. ތުޅާދޫ.
ބ. ތުޅާދޫ. އެރަށުގައި ރޭ ދަންވަރުވަނީ ދޯންޏެއްގައި ރޯ ކޮށްލާފައި

ބ. ތުޅާދޫގައި 18 އަހަރުގެ އަންހެނަކު ނަހަލާލަށް ވިހެއި ދަރިފުޅުގެ މަރުގައި ޝައްކުތަކެއް ހުރެގެން އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ތުޅާދޫގައި ވިހެއި ކުއްޖަކު މަރުވި މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޓީމެއް މިހާރު ވަނީ އެ ރަށަށް ފުރައިފަ އެވެ. އެ ކުއްޖާ ވަޅުލަން އުޅުމުން، ތަހުގީގު ނުނިމެނީސް އެކަން ނުކުރަން ފުލުހުން ވަނީ އާއިލާ އާއި ކައުންސިލަށް އަންގައިފަ އެވެ.

ތުޅާދޫ ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އަންހެން މީހާ ކުއްޖަކު ވިހެއިކަން އެނގުނީ އޭނާ ސިއްހީ މަރުކަޒުން ފަރުވާ ހޯދަން ދިއުމުންނެވެ. އޭނާ ވިހެއި ދަރިފުޅު ފެނުނީ ގޭތެރެއިން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އޭގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ބައެެއް މީހުން ބުނިގޮތުގައި އަންހެން މިހާ ވިހެއި ދަރިފުޅު ފެނުނީ މަރުވެފައި ބާލިދީއެއްގެ ތެރޭގައި އޮއްވައި ކަަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް އެކަން ޔަގީނެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.