މިނިވަން 50 ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

 

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް އޭދަފުށީގައި ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފި އެވެ.

އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގައި މިއަދު ހަވީރު 4:30 އިން ފެށިގެން އިރުއޮއްސެންދެން ބޭއްވި މި
ހަވީރުގައި ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޓޯލްތައް ހަދާފައި ހުއްޓެވެ.

މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

 

ހަވީރުގައި ސްޓޯލްތައް ބައިވެރިކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނި އަދި ބައެއް ޖަމިއްޔާތަކުންނެވެ. އޭގެ ތެރޭގައި ދިރާގު، އުރީދޫ، ޕޮލިސް، އެސްޓީއޯ، ފެނަކަ، ތައުލީމީ މަރުކަޒު، ހޮސްޕިޓަލު، އޭދަފުށީ ކައުންސިލް އިދާރާ، ޖެންޑާ، ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ވެސް ބައިވެރިވި އެވެ.

ހަވީރުގެ ތެރޭގައި ސްކޫލް ކުދިންގެ މުނިފޫހިފިލުވުމުގެ އައިޓަމުތަކަކާއި އާއްމުންނަށް ބައިވެރިވެވޭގޮތަށް ވެސް ބައެއް ކުޅިވަރުތައް ކުރިއަށް ގެންގޮސަފައިވެ އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

 

ހަވީރު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ވިދާލުވީ މި ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމާއި ގައުމާމެދު ފަހުރުވެރިވާ ދަރިންތަކެއް ކަމުގައި އެ ކުދިން ހެދުމެވެ.

މި ހަވީރަށް ސްޓޭޖް ސަރަހައްދުވަނީ ގައުމީ ދިދައިންނާއި ގައުމީ ކުލަތަކުން ވަރަށްބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

 

އޭދަފުށީގައި މިނިވަން 50 ފާހަގަ ކުރުމަށް ހަރަކާތްތައް އަންނަމަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް މިހާރުވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމާ ރޭ ހަވާ އެރުމުގެ ޙާއްސަ ހަރަކާތްތަކާއެކު ސްޓޭޖް ޝޯ އެއް ބޭއްވުމަށްދަނީ ތައްޔާރުވަމުންނެވެ.

DSC_0322

DSC_0284

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.