ކެންދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

މިއަތޮޅު ކެންދޫގައި ހުޅުވި ބޭސްފިހާރައިން މީހަކު ޚިދުމަތް ހޯދަނީ. ފޮޓޯ: އެސްޓީއޯ
މިއަތޮޅު ކެންދޫގައި ހުޅުވި ބޭސްފިހާރައިން މީހަކު ޚިދުމަތް ހޯދަނީ. ފޮޓޯ: އެސްޓީއޯ

 

ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަތޮޅު ކެންދޫގައި އެސްޓީއޯގެ ފާމަސީއެއް މިއަދުު ހުޅުވައިފި އެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުގެ މަޝްރޫއުގެ ތެރެއިން ހުޅުވި ބޭސްފިހާރައެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ހުޅުވި ބޭސްފިހާރަ އިން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކެންދޫގައި މި ހުޅުވި ބޭސްފިހާރައާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 143 އަށް އެރީ އެވެ. އަދި މިއަތޮޅުގައި ހުޅުވި ބޭސްފިހާރަ ތަކުގެ އަދަދު 9 އަށް އެރީ އެވެ.

އެސްޓީއޯއިން ވަނީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވުމަށް އަމާޒު ހިފާފަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތް އަދި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެ ކުންފުނިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.