“ފުޓްބޯޅަ މުބާރާތެއް ބާއްވާނަމަ އިނާމުގެ %25 ޑިޕޮސިޓް ކުރަންޖެހޭ”

މިދިޔަ އަހަރުގެ އޮފީސް މުބާރާތުގެ ފައިނަލުގައި ތައުލީމީ މަރުކަޒާއި ޕޮލިސް ކުޅެނީ. –އީޓީ ފައިލް ފޮޓޯ
އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުޅެނީ. –އީޓީ ފައިލް ފޮޓޯ

 

މީގެ ފަހުން އަމިއްލަ ފަރާތްތަކުން އޭދަފުށީގައި ބާއްވާ ފުޓްބޯޅަ/ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ ހުއްދަ ދޫކުރެވޭނީ މުބާރާތް ފެށުމުގެ އެއް ހަފްތާކުރިން އެ މުބާރާތެއްގެ އިނާމަށް ކަނޑައަޅާ ފައިސާގެ 25 ޕަސެޓްއަށްވާ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ރަށު ކައުންސިލު އިދާރާއަށް ދެއްކުމުން ކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަދުން ނަމަވެސް މުބާރާތްތައް ރާވާ އިންތިޒާމުކުރާ ފަރާތްތަކުން އެ މުބާރާތެއްގެ ޗެމްޕިއަން ޓީމަށާއި ރަނާއަޕް ޓީމަށް އަދި އެހެނިހެން ގޮތްގޮތުން ދިނުމަށް ކަނޑައަޅާފައިވާ އިނާމުތައް މުބާރާތްނިމި އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް އެފަރާތްތަކަށް ދީފައިނުވާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.

“މިކަމަކީ މިރަށުގެ ފުޓްބޯޅައިގެ ކުރިމަގަށް އެޅިގެންދާނެ ހުރަހެއް ކަމުގައި ފާހަގަ ކުރަމެވެެ. އަދި ފުޓްބޯޅަ އަށް މިރަށުގެ ޒުވާނުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޖޯޝް ފަނޑުވެގެން ހިނގައިދާނެ ކަމެއް ކަމުގައިވެސް ދެންނެވީމެވެ. މިހެންވެ މިފަދަ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު މިރަށު ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދެކެވި ނިންމާފައިވާތީ، މުބާރާތް ބޭއްވުމުގެ ހުއްދަ ދޫކުރާއިރު، އިނާމަށް ކަނޑައެޅޭ ފައިސާގެ 25 ޕަސެންޓް ފައިސާ ޑިޕޮސިޓްގެ ގޮތުގައި މި އިދާރާގައި ބަަހައްޓާގޮތަށް ހަމަޖެއްސުމަށެވެ،” ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ހުއްދަ ދޫކުރާއިރު އިނާމަށް ކަނޑައެޅޭ ފައިސާގެ 25 ޕަސެންޓަށްވާ ޑިޕޮސިޓް ފައިސާ ކައުންސިލް އިދާރާއަށް ދައްކާގޮތަށް ހަމަޖެއްސިއިރު، ބައެއް އެހެން ކުޅިވަރު މުބާރާތްތަކުގެ ޗެމްޕިއަން އަދި ރަނާއަޕް ޓީމުތަކަށް ކަނޑައަޅާ ފައިސާގެ އިނާމު ނުލިބިގެން ޓީމުތަކުން ޝަކުވާ ކޮށްފައިވެ އެވެ. އެގޮތުން ބޮޑު އީދު ބޭއްވި އީދު ފެސްޓިވަލުގެ ބައެއް ކުޅިވަރުތަކުގެ ފައިސާގެ އިނާމު ނުލިބިގެން ބައެއް ޓީމުތަކުން އަދިވެސް ދަނީ ޝަކުވާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އަލީ

    ބޮޑު އީދުގައި ބޭއްވި ހުރިހާ ކުޅިވަރުތަކެއްގެ ޒިންމާ ނަގަންޖެހޭނީ ކައުންސިލް އިދާރާއިންނާއި އެކަމުގައި ހަރަކާތްތެރިވި ޖަމްއިއްޔާ ތަކުން.. ތައްޔާރަށް ތިބޭތި ކަލޭމެން އެންމެން.. ޖަވާބު ދާރީ ވާންޖެހޭނެ ފާޅުގަ/….

    ރައްދު
  2. އިމްޔާނު

    މި ނިންމުން ވަރަށް ފުރިހަމަ. ހަގީގަތަކީ ބައެއް ފަރާތްތަކުން މިފަދަ މުބާރާތްތައް ބާއްވަނީވެސް ފައިދާތަކެއް ލިބޭތީ އެކަމުގެ ބޭނުމުގަ. ގިނަފަހަރަށް ފައިސާކޮޅު އަތަށް އެރީމަ ދެން ހުރިކަންތައް މަތިން ހަނދާނެއް ނުހުރޭ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި %25 ނެގުމަކުން މަޤްޞަދު ޙާޞިލެއް ނުވާނެ. މީގަ ރަނގަޅުގޮތަކީ މުބާރާތް ބޭއްވުމުގެ ހުއްދައަށް އެދޭއިރު، މުބާރާތުގައި އެކި ވަނަތަކަށް ދިނުމަށް ކަނޑައަޅާފައިވާ އިނާމުތަކަކީ ކޮބައިކަން ހޯދަންޖެހޭ. އަދި އެފަދަ އިނާމުތަކަށް ހިނގާ ޚަރަދު ނުވަތަ އިނާމުތަށް ކައުންސިލަށް ދައްކަން ޖެހޭ. އޭރުން މީގެ ހައްލެއް އަންނާނީ. އަސްލުގަ މުބާރާެއް ބާއްވަންވާނީ މިހުރިހާކަމަކަށް ތައްޔާރުވެގެން ކަމުގައިވާތީ، މިކަމަކީ ހެޔޮނިޔަތެއްގައި ކުރާކަމަކަށްވާނަމަ މިއީ އުދަނގޫކަމަކަށް ނުވާނެ.

    ރައްދު
  3. waadey

    ގާނޫނީ ގޮތުން ކައުންސިލަށް މިކަހަލަ ކަންތައްތައް ފާސްކުރުމަށް އެއްވެސް ބާރެއް ލިބިގެންތޯ އޭ މިހެން ފާސްކުރީ.؟ ހަމައެކަނި ފުޓްބޯޅަ މުބާރާތްތަ އޭދަފުށީގަ ކުރިއަށް ގެންދަނީ. ވަކި ބަޔަކަށް ޖައްސާލިޔަސް ތީ ތަންކޮޅެއް ބޮޑުވަރު. އޭދަފުށީގަ ކުޅިވަރު ކުރިއަރުވަން ކީއްވެތޯ ކައުންސިލުން މަސައްކަތް ނުކުރަނީ. މިހާތަނަށް އޭދަފުށީގައި ކުޅިވަރު ކުރި އަރާފައި އެވަނީ އަމިއްލަ ފަރާތްތަކުގަ އެހީއާއެކު. “ކައުންސިލް ފެއިލް”

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.