އަންނަ ބޮޑު އީދަށް ފުޓްބޯޅަ ދަނޑު ދިއްލާ ލެވޭނެ: ދަރަވަންދޫ ކައުންސިލް

ދަރަވަންދޫ ފުޓްބޯޅަ ދަނޑު. ބޮޑު އީދަށް ދަނޑު ދިއްލާ ލެވޭނެކަމަށް އރަށޫ ކއުންސިލުން ބުނޭ-- ފައިލް ފޮޓޯ
ދަރަވަންދޫ ފުޓްބޯޅަ ދަނޑު. ބޮޑު އީދަށް ދަނޑު ދިއްލާ ލެވޭނެކަމަށް އރަށޫ ކއުންސިލުން ބުނޭ– ފައިލް ފޮޓޯ

 

އަންނަ ބޮޑު އީދަށް ބ. ދަރަވަންދޫ ފުޓުބޯޅަ ދަނޑު ދިއްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ދަރަވަންދޫ ކައުންސިލުގެ މެންބަރު މުޚްތާރު އާ ހަވާލާ ދީ ހިތާދޫ އޮންލައިންގައި ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ބޮޑުއީދުގައި ޒަވާނުން ހިތްއުފާކޮށް މަޖާކޮށް ބާއްވާ ފުޓުބޯޅަ މުބާރާތަށް ދަނޑު ތައްޔާރުކޮށް ދިނުމުގެ ގޮތުން ޒުވާނުންގެ އެދުމުގެ މަތިން ޒުވާނުންނަށް ޓަކައި މި ސަރުކާރުން ކޮށްދޭ ކަމެއް ކަމަށެވެ.

“މިހާރު ކުރަމުންދަނީ މި ޕްރޮޖެކްޓުގެ ދަށުން ދަނޑު ދިއްލުމަށް ބޭނުންވާ ލައިޓު ހޯދުމުގެ މަސައްކަތް. ލައިޓު ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވާނީ އިއުލާނު ވެސް ކޮށްފައި،” މުޚްރާތު ވިދާޅުވި އެވެ.

ދަރަވަންދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެރަށު ބޯޅަދަނޑުގައި ހަރުކުރުމަށް ބެނުންވާ ލައިޓު ސަޕްލައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދަވަހުގެ 14:00 އަށް އެސްޓިމޭޓު ހުށައެޅުމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމް ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ދަރަވަންދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި އަދު ބަށިކޯޓެއްގެ އިތުރުން ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ދަރަވަންދޫ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. havaa

    މުޚުތާރު ނޫނީ ތިޔަ ކައުންސިލްގައި ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ އެކަކުވެސް ނެތް، މިނިވަން 50 ފާހަގަކުރުމަށް ސަރުކާރުން ދޫކުރި ބޮކި ، ދިދަ ފަދަ ތަކެތިވެސް ގެނައުމަށް ތިޔަ ކައުންސިލުގައި ތިބި އެމްޑީޕީ މެމްބަރުންވަނީ ހިރަސްއަޅާފަ، ރައީސް ޔާމީނާއި ނައިބް ރައީސް އަދީބުގެ ފޮޓޯ ޖެހުމަށް ކައުންސިލްގެ ރައީސްވަނީ ހުރަސްއަޅާފަ، މުޚުތާރަށް ހަމަސާބަސް، ތިގޮތުގަ ކުރިއަށްދިއުމަށް ހިތްވަރުދެން،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.