14 އަހަރުން ދަށުގެ ޗެމްޕިއަންކަން ގޮއިދޫ ސްކޫލަށް

14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު. –ފޮޓޯ / މުހައްމަދު ނިޒާމް
14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު. –ފޮޓޯ / މުހައްމަދު ނިޒާމް

 

ވޮލީބޯޅަ އެސޯސިޭޝަންގެ މައިލޯ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލު މިއަދު ހަވީރު ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ގޮއިދޫ ސްކޫލް ކާމިޔާބުކުރީ އިމާދުއްދީން ސްކޫލާ ވާދަކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ގޮއިދޫ ސްކޫލުން 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އިތުރުން 16 އަހަރުން ދަށުގެ އަންހެން ބައިގައި ޓީމުު ވާދަ ކުރެއެވެ. އަނެއް ދެ ޓީމުވެސް ވަނީ ފައިލުން ޖާގަ ހޯދައިފަ އެވެ.

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު ވިދާޅުވީ އަނެއް ދެ ޓީމު ވެސް ތަށި ނަގާނެކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.
14 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗުގައި މާދަމާ ހަވީރު 4:30 ގޮއިދު ސްކޫލު ޓީމު ކުލޭނީ އިމާދުއްދީން ސްކޫލާއެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ފައިނަލުގައި މާދަމާ ރޭ 9:30 ކުޅޭނީ އަމީނިއްޔާ ސްކޫލާ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ވާދަކުރާނީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.