14 އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ގޮއިދޫ ސްކޫލް ހޯދައިފި

14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު.
14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ގޮއިދޫ ސްކޫލް ޓީމު ތަށްޓާއެކު.

 

ވޮލީބޯޅަ އެސޯސިއޭޝަންގެ މައިލޯ އިންޓަ ސްކޫލް ވޮލީ ބޯލަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަންވެސް ގޮއިދޫ ސްކޫލުން ހޯދައިފި އެވެ.

ގޮއިދޫ ސްކޫލުގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ޗެމްޕިއަންކަން ހޯދީ ހަވީރު ކުޅުނު ފައިނަލުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށްފަހު އެވެ.

އަންހެން ބައިގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ވެސް ގޮއިދޫ ސްކޫލުން ހޯދީ ފައިނަލުގައި މިރޭ އަމީނިއްޔާ ސްކޫލް ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހު އެވެ.

ތިން އުމުރު ފުރާއަކަށް ބަހާޅައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރައިން ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ގޮއިދޫ ސްކޫލުންނެވެ. އެއީ އިއްޔެ ހަވީރު އިމާދުއްދީން ސްކޫލާ ވާދަކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ.

އެހެންކަމުން ގޮއިދޫސްކޫލް ހިމެނެނީ މިމުބާރާތުގެ ތިންގެޓަގަރީވެސް ކާމިޔާބުކުރި ހަމައެކަނި ސްކޫލްގެ ގޮތުގައެވެ. މި ރެކޯޑާއެކު މިއީ ރާއްޖޭގެ އެއްވެސް ސްކޫލަކުން ހޯދާފައިނުވާ ކާމިޔާބެއްކަމުގައި ފާހަގަކުރެވެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި މި ފަހަރު ވާދަކުރީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ޢާމިރު

    ބ.ގޮއިދޫއަކީ ކުޅިވަރު ކުޅެން މޮޅެތި ކުޅުންތެރިންގިނަ ރަށެއް. އުންމީދުކުރަން ވޮލީބޯލް އެސޯސިއޭޝަނުން މިކަން ފާހަގަ ކޮށް ގޮއިދޫގެ ވޮލީކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށް. ގޮއިދޫގެ ކުޅުންތެރިންގެ ހުނަރު ވަރައްމޮޅު ގައުމީޓީމު ވަރުގަދަ ކުރުމަށް ވޮލީގެ ހަރަކާތް ގޮއިދޫގައި އިތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވޮލީބޯލް އެސޯސިއޭޝަންއަަށް މިފުރުސަތުގައި ގޮވާލަން. ގޮއިދޫ ޓީމް ތައްޔާރު ކުރުމުގައި ޓީމްގެ ކޯޗު ޕްރިނސިޕަލް ނިޒާމް ކުރެއްވި މަސައްކަތަށް ސާބަސް ދޭން އަދި ބެލިނިވެރިންނާއި ރައްޔިތުން ޓީމަށް ފައިސާ ހޫދުމަށް ކުރިމަސައްކަތް ފާހަގަކޮއް އެފަރާތްތަކަށް ޝުކުރު ރައްދުކުރަން. ގޮއިދޫ ރައްޔިތުންގެ އެއްބައެއްވަންތަކަމަށް ހަމަސާބަސް.

    ރައްދު
  2. Abdul muhaimin

    ނަދީމުގެ ޚިޔާލަށް މަރުޙަބާ އަދި ތާއީދު. ގޮއިދޫ ދަރިން ތި ހޯދި ކާމިޔާބަށް ވަރަށް ބޮޑަށް މަރުޙަބާ! ދަރިވަރުންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށްވެސް މަރުޙަބާ!

    ރައްދު
  3. AHMED NADEEM

    މީ އާދައިގެ ކަމެއްނޫން. އަތޮޅުތެރޭގެ އާދައި ސްކޫލަކުން އަވޭގައި ކުޅެ މާލޭގެ ބޮޑެތި ސްކޫލްތައް ސީދާ ތިންސެޓުން އިނދިކޮޅު ޓީމަށް މަދު ޕޮއިންޓްކޮޅެއް ދީ ޗެމްޕިއަންކަން ހޯދުމުން އެނގޭ އެއްޗަކާމެދު ވޮލީ ބޯޅަ އެސޯސިއޭޝަނުން ވިސްނަން ވެއްޖެތާ! ޚިދުމަތްތައް ފޯރުކޮށްދޭންވީ އާބާދީގެ ނިސްބަތަކުންނޫން. ކާމިޔާބީއާ މަސައްކަތާއި ޝައުގުވެރިކަމަށް ބަލައި ޚިދުމަތްތައް ފޯރުކޮށްދޭނަމަ ޤައުމީ ޓީމުހާ ވަރުގަދަ ވާނެ. މި ކޮމެންޓް ކިޔާލާފައި ނިންމާނުލާ އަމަލީ ފިޔަވަޅުތައް އަޅައި ޔޫތު ޕްރޮގްރާމްތައް އާބާދީއަށް ނުބަލާ ޝައުގުވެރިކަމާ ހުނަރަށް ބަލައި އަމަލީ ސިފަ ގެންނަން މަސައްކަތް ކުރާނެކަމަށް ޤަބޫލުކުރަން. ސާބަހޭ ގޮއިދޫ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.