ކެންދޫ ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް ޓްރެފިކާބެހޭ މައުލޫމާތު ދީފި

traffic2 (1)

މޯލްޑިވްސް ޕޮލިސް ސާވިސް (އެމް.ޕީ.އެސް)ގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ރޯޑް ސޭފްޓީ ޔުނިޓުން ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށްތަކަށް ހިންގާ ޓްރެފިކް އެވެއާނެސް ޕްރޮގްރާމުގެ ތެރެއިން ކެންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޓްރެފިކާބެހޭ މަޢުލޫމާތު ދީފި އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކެންދޫ ސްކޫލުގައި ބެލެނިވެރިންނާއި ދަރިވަރުންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޓްރެފިކް ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައި ވާނެކަމަށް ފުލުހުން ބުނެއެވެ.

މި ސެޝަނުގައި މައުލޫމާތު ފޯރުކޮށްދީފައިވަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ރޯޑްސޭފްޓީ ޔުނިޓާއި، އިންވެސްޓިގޭޝަން ޔުނިޓް އަދި ވައިލޭޝަން ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.

ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމް ނޯތު ޕޮލިސް ޑިވިޜަންގެ 4 އަތޮޅުގައި ވަކިވަކިން ކުރިއަށް ގެންދާއިރު، ކޮންމެ އަތޮޅެއްގައި ހަފްތާއެއްގެ މުއްދަތަށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ކުރިއަށް ގެންދާ ސެޝަންތަކުގައި ބ. އަތޮޅު ފުލުހުން ފަދަ ކޮމިއުނިޓީ ފުލުހުންނަށާއި، ސަރުކާރު މުއްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން އަދި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.