ހިތާދޫ ސްކޫލުގެ ކްލާސްރޫމްތައް ޑިޖިޓަލް ކުރަނީ

ހިތާދޫ ސްކޫލް. އެ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.-- ފޮޓޯ / ހިތާދޫ ސްކޫލް
ހިތާދޫ ސްކޫލް. އެ ސްކޫލް ޑިޖިޓަލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.– ފޮޓޯ / ހިތާދޫ ސްކޫލް

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައި ދިނުމުގެ ގޮތުން ބ. ހިތާދޫ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު އަބްދުﷲ މިއަދު ވިދާޅުވީ 189 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ސްކޫލުގެ 10 ކްލާސްރޫމެއް ޑިޖިޓަލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަކީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ހިންގޭ ޕްރޮޖެކްޓެއް ކަމަށް އަހްމަދު އަބްދުއްﷲ ވިދާޅުވި އެވެ. އެގޮތުން އެ ސްކޅުގެ ޕީޓީއޭއިން 4 ކްލާސްރޫމް ޑިޖިޓަލު ކުރުމަށް ހަމަޖެހިފައިވާއިރު، ހިތާދޫ އައިލެންޑު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ހިދާ) އާއި، ހިތާދޫ ކައުންސިލާއި ހިތާދޫސްކޫލު ޓީޗަރުން އަދި ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލެއްވި މ. ނޫހިރި ހިސާނު ޙުސައިންގެ ފިރިކަލުން މިއިން ކޮންމެ ފަރާތަކުން ކްލާސް ރޫމެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
އަހްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ކްލާސް ރޫމްތަށް ޑިޖިޓަލް ކުރުމުން ކުރުމުން ކިޔަވައި ދިނުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ޓީޗިން އެއިޑް ބޭނުން ކުރުމަށް މުދައްރިސުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެއެވެ.

ހިތާދޫ ސްކޫލުގައި އިތުރު 6 ކްލާސް ރޫމް އިމާރާތް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.