މެޑަމް ފާޠިމަތު އިބްރާހިމްގެ ވާދައިގެ ތައްޓަށް އޭދަފުށީގައި ބަށި މުބާރާތެއް

3002c268362c0a47b4641d15466eb07a4880d387a2ec094cec84eef5f2b71552

ބ. އޭދަފުށީ ޒުވާނުންގެ ކްލަބުން މިދިޔަ ފިތުރު އީދު ބަންދާ ދިމާކޮށް މުޅި ރަށަށް ހުޅުވާލައިގެން ބާއްވަން ނިންމި ބަށި މުބާރާތް، ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމުގެ ވާދައިގެ ތައްޓަށް ބަދަލުކޮށް އަންނަ ބޮޑު އީދު ބަންދުގައި މި މުބާރާތް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މުބާރާތުން އެއްވަނަ އަށް ދާ ޓީމަކަށް 10،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 5،000 ރުފިޔާ ވަނީ ހުށަހަލާއިފަ އެވެ. އަދި މުބާރާތުގެ ރާނީ އަށް ޓްރޮފީއެއްގެ އިތުރުން ކްލަބޯ ދެކޮޅު ޓިކެޓު ވެސް ލިބެ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުވެސް ހޮވާ ގޮތަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މެޗުތަކުގެ ކުޅުން އޮންނަ ދުވަސްތަކުގައި ހާއްސަ ލަކީޑްރޯއެއް ނަގައި އަގުހުރި އިނާމުތަކެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޒުވާނުންގެ ކްލަބުން ބުންޏެވެ.

މި މުބާރާތަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް ކުރިއެރުވުމެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އޭދަފުށީ ޒުވާނުންގެ ކްލަބުން ބުންޏެވެ.

ޒުވާނުންގެ ކަލްބުން ބުނީ މި މުބާރާތުގެ ތަރުހީބަށް ބެލުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7955110، 7873772، 7782664 ނަންބަރު ފޯނާ ގުޅުމުން ލިބޭނެއެވެ.

އެ ކަލްބުން ދަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އަންނަ ބޮޑުއީދު ބަންދުގައި “ރައީސް ޔާމީން 2018” ގެ ނަމުގައި އޭދަފުށީގައި ބައިލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއްވެސް ބާއްވަން ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.