އޭދަފުށީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް މިމަހު 21 ގައި ފަށަނީ

MA-United

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން މިރަށުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް “ރައީސް ޔާމީން 2018 ފުޓްބޯލް ޗެލެންޖް” ގެ ނަމުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި އަންނަ ބޮޑު އީދު ބަންދާ ދިމާކޮށް މިމަހު 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 55،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ރަނަ-އަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުހައްމަދު ޒާހިދު
މުހައްމަދު ޒާހިދު

މި މުބާރާތުގައި ވާދަކުރަނީ އެންމެ ފަހުން ބޭއްވި ބޮޑުއީދު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ސްޕޯޓްސް އާއި ސައިނޯސާ ސްޕޯޓްސް އާއި އެންޖޯއީ ފްރެންޑްސް އާއި ޔުނައިޓެޑް ވީ އާއި ވެލާ ސްޕޯޓްސް އަދި މުބާރާތުގައި އަލަށް ބައިވެރިވި ސޮނެވާފުށި ރިސޯޓް އެވެ.

މި މުބާރާތުގެ ގުރުއަތުލުމުގެ ހަފްލާ މިހަފްތާ ފަހުކޮޅު އެފްއޭއެމް ހައުސްގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސްކޮޑުގައި ރާއްޖޭގެ ފަސްޓް ޑިވިސަންގެ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު މިއަހަރު ވެސް ހުޅުވާލާފައިވާ ވެ އެވެ.

ފުޓްބޯޅަ މުބާރާތުގެ އިތުރުން މިއަހަަރުގެ ބޮޑު އީދު ބަންދުގައި ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ވާދައިގެ ތައްޓަށް 10،000ރ ގެ އަގު ބޮޑު ބަށި މުބާރާތެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.