ބ. އަތޮޅުގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޒޯން 5 ގެ ފައިނަލަށް މިދިޔަ އަހަރުގެ ރަނާ-އަޕް ސޮނެވާފުށި ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް ދަތުރު ކޮށްފި އެވެ.
ސޮނެވާފުށި ފައިނަލުން ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން ފަސޭހަ ކަމާއެކު މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަނަންތަރާ ފައިނަލުން ޖާގަ ހޯދީ އިއްޔެ ސެމީގައި އަމިއްލަ ފުށި ރިސޯޓާ ވާދަކޮށް 3-1 މޮޅުވެގެންނެވެ.
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލްގައި މެޗްގައި ސޮނެވާ އާއި އަނަންތަރާ ވާދަ ކުރާ ގޮތަށް ހަމަޖެހުމުން، މާދަމާ ކުޅޭ ފައިނަލް މެޗްގެ ފޯރި ވަރަށް ގަދާނެ ކަމަށް ބެލެވެ އެވެ. 2012 ވނަ އަހަރުގެ މުބާރާތުގައިވެސް މި ދެ ޓީމު ފައިނަލުގައިވަނީ ކުޅެފަ އެވެ. އެފަހަރު 3-1 ޗެމްޕިއަންކަން ހޯދީ އަނަންތަރާއެވެ.
މާދަމާ ހަވީރު 4:00 ގައި ސޮނެވާފުށީގައި ކުޅޭ ފައިނަލު މެޗު ރާއްޖެ ޓީވިން ލައިވް ކުރާނެ އެވެ.