މުބާރާތް ހުޅުވާ މެޗުގައި އެމްއޭ ޔުނައިޓެޑާއި ސަންސެޓް

ޔައީސް ޔާމިން 2018 ފުޓްބޯލް ޗެލެންޖުގެ ގުރު ރޭ އެފްއޭއެމް ހައުސް ގައި ނަގަނީ: މި މުބާރާތުގައި ހަތް ޓީމު ވާދަކުރޭ. އީޓީ ފޮޓޯ
ޔައީސް ޔާމިން 2018 ފުޓްބޯލް ޗެލެންޖުގެ ގުރު ރޭ އެފްއޭއެމް ހައުސް ގައި ނަގަނީ: މި މުބާރާތުގައި ހަތް ޓީމު ވާދަކުރޭ. އީޓީ ފޮޓޯ

ބޮޑު އީދު ޗުއްޓީއާ ގުޅުވައިގެން އޭދަފުށީގައި ބާއްވާ “ރައީސް ޔާމީން ފުޓްބޯލް ޗެލެންޖް 2015” ގެ ހުޅުވާ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑާއި ސަންސެޓް ސްޕޯޓްސް ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ސަންސެޓް ސްޕޯޓްސް އާއި އެމްއޭ ޔުނައިޓެޑް ލައްވާލީ ގުރޫޕް އޭގަ އެވެ. މި ގުރޫޕްގައި ދެން އޮތީ މިއަހަރު ރަށުން ބޭރު ޓީމެއްގެ ގޮތުގައި ބައިވެރިވި ސޮނެވާފުށި ރިސޯޓާއި  އެންޖޯއީ ފްރެންޑްސް އެވެ. ގުރޫޕް ބީގައި އޮތީ ސައިނޯސާ އާއި ވެލާ ސިޓީ އަދި ޔުނައިޓެޑް ވީ އެވެ.

މުބާރާތުގެ ޝެޑިއުލް
މުބާރާތުގެ ޝެޑިއުލް

 

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކުރާ މުބާރާތުގައި ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ބައެއް ކުޅުންތެރިން ވެސް ޓީމްތަކުން ފެނިގެން ދާނެކަަމަށް އެ ކްލަބުން ބުންޏެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. މުބާރާތް ކުރިއަށް ދާނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 55،000ރ. އަދި ރަނަރަޕް ޓީމަށް 25،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް އުފަން ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. މިނިވަން 50 އާ ގުޅުވައިގެން ބާއްވާ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބައްޓޭ ބުންޏެވެ.

ފުޓްބޯޅަ މުބާރާތުގެ އިތުރުން މިއަހަަރުގެ ބޮޑު އީދު ބަންދުގައި ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ވާދައިގެ ތައްޓަށް 10،000ރ ގެ އަގު ބޮޑު ބަށި މުބާރާތެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.