ސޮނެވާ ބަލިކޮށް އަނަންތަރާ ޗެމްޕިއަންކަން ހޯދައިފި

އަނަންތަރާ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާާފާޅުކުރަނީ—  އީޓީ ފޮޓޯ / ތޯރިގް
އަނަންތަރާ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާާފާޅުކުރަނީ— އީޓީ ފޮޓޯ / ތޯރިގް

 

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ ފައިނަލްގައި މިއަދު ސޮނެވާފުށި ރިސޯޓް އަތުން ސީދާ ތިން ސެޓުން މޮޅުވެ، އަނަންތަރާ ކިހަވައް ވިލާސް ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޮނެވާފުށީގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލްގައި ސޮނެވާގެ މައްޗަށް އަނަންތަރާ އިން ކުރި ހޯދީ 29-27، 25-17 އަދި 25-22 އިން މެޗުގެ ސެޓުތައް ގެންގޮސްގެނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާ ކިހަވައް ވިލާސްގެ ދިމުތު އުޕަސާންތާ އެވެ.

VOLLEY-INTER-RESORT (6)

އަނަންތަރާ އިން ތަށި އުފުލާލި އިރު ސޮނެވާއަށް ޖެހުނީ ޖެހިޖެހިގެން ހަ ވަނަ ފަހަރަށް މި މުބާރާތުގައި ފައިނަލުން ބަލިވުމުގެ ހިތި ތަޖުރިބާ ކުރާށެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗު
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗު

 

މި ޒޯންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އަމިއްލަފުށި ރިސޯޓްގެ ޖަވާމް އަލީ އާއި ސޮނެވާފުށި ރިސޯޓްގެ ދޮން ސުމެދާ ޗަމްޕިކާ އާއި އެޓީމުގެ އަލީ ވިޝާމް އާއި އަނަންތަރާ ކިހަވައް ވިލާސްގެ ހުސައިން އަލީ އާއި އެ ޓީމުގެ ޝިރުހާން އަބްދުއްސައްތާރު އަދި އަހްމަދު ހުސައިން އެވެ.

މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަނަންތަރާގެ މުހައްމަދު ޝަރަފު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.