ބަށި މުބާރާތުގެ ގުރު ނަގައިފި

ބަށި މުބާރާތުގެ ގުރުއަތު ނަގަން މިރޭ ބޭއްވި ރަސްމިއްޔާތު
ބަށި މުބާރާތުގެ ގުރުއަތު ނަގަން މިރޭ ބޭއްވި ރަސްމިއްޔާތު

 

ރައީސްގެ އަނބިކަނބަލުން ފާތުމަތުއިބްރާހީމުގެ ވާދައިގެ ތައްޓަށް އަންނަ ބޮޑު އީދު ބަންދުގައި އޭދަފުށީގައި ބާއްވާ ބަށި މުބާރާތުގެ ގުރުނެގުން މިރޭ ބާއްވައިފި އެވެ.

ޒަމާނީ ބަށި އެސޯސިއޭޝަން އާއި އޭދަފުށީ ޒުވާނުންގެ ކްލަބު ގުޅިގެން ބާއްވާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރެއެވެ. އެއީ އެމްއޭ ޔުނައިޓެޑާއި ފްރެންޑްސް އާއި ބ. އޭއީސީ އާއި އިރުމަތީ އަވަށު އަންހެނުންގެ ކޮމެޓީ އަދި ގަލްފް ގާލްސް އެވެ.

މުބާރާތް ފަށައިދޭނީ އަންނަ އަންގާރަ ދުވަހު ގަލްފަ ގާލްސް އާއި ބ. އޭއީސީ ބައްދަލުކުރާ މެޗުންނެވެ.

ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި ބަށި މުބާރާތް ވާދަވެރި އަދި ފޯރި ވަރަށް ގަދަވާނެ ކަމަށެވެ.

“އުއްމީދު ކުރަނީ މި މުބާރާތަކީ މިހާތަނަށް އޭދަފުށީގައި ބޭއްވޭ އެންމެ ވާދަވެރި އަދި ފޯރިގަދަ މުބާރާތަށް ވެގެންދާނެ ކަމަށް” ބައްޓޭ ބުންޏެވެ.

މުބާރާތަށް ހުށަހަޅާ ޓްރޮފީތައް
މުބާރާތަށް ހުށަހަޅާ ޓްރޮފީތައް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަ ހާސް އަދި ދެ ވަނަ ޓީމަށް 5000ރ ލިބެ އެވެ. އަދި މުބާރާތުގެ ބަށި ރާނީ އަށް ޓްރޮފީއެއްގެ އިތުރުން ކޮލަމްބޯ ދެކޮޅު ޓިކެޓުވެސް ލިބެ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުވެސް ހޮވާ ގޮތަށްވަނީ ހަމަޖެހިފަ އެވެ.

ބައްޓޭ ބުނީ މުބާރާތުގެ ފައިނަލް މެޗު ނިމުމާއެކު ޓްރޮފީތަކާއެކު ޓީމުތަކަށް ފައިސާގެ އިނާމު ވަގުތުން ހަވާލު ކުރާނެ ކަމަށެވެ.

މީގެ އިތުރުން މެޗުތަކުގެ ކުޅުން އޮންނަ ދުވަސްތަކުގައި ހާއްސަ ލަކީޑްރޯއެއް ނަގައި އަގުހުރި އިނާމުތަކެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޒުވާނުންގެ ކްލަބުން ބުންޏެވެ.

އެ ކުލަބުން ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން “ރައީސް ޔާމީން 2018″ ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތްވެސް އަންނަ ހަފްތާތެރޭ ފަށާނެ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.