“ހުޅަނގު އީދު އުފާ” ކުޅިވަރުތައް ފަށައިފި

އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް
އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް

 

އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީ ޖަމިއްޔަތުލް ވަފާއިން ކުރިއަށްގެންދާ “ހޫލަނގު އީދު އުފާ” ގެ ބައެއް ކުޅިވަރުތައް މިއަދު ފަށައިފި އެވެ.

ވަފާ ޖަމިއްޔާއިން އ އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމު ގޯލި މުބާރާތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 26 ޓީމު ވާދަކުރެ އެވެ.

ވާދެމުމުގެ މުބާރާތްވެސް މާދަމާރޭ ފަށާނެ ކަމަށް ވަފާއިން ބުންޏެވެ. ސްޓޭޖް ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އީދު ވިލޭރެ އެެވެ.

ހަފްތާއަކަށް ކުރިއަށްގެންދާ މި އީދުގައި މުބާރާތްތަކުގެ އިތުރުން ބައެއް ހަރަކާތްތައް ހިމަނާފައިވާނެ ކަމަށް ވެސް ވަފާ ޖަމިއްޔާއިން ބުންޏެވެ. އޭގެ ތެރޭގައި، ސަގާފީ ކުޅިވަރުތަކުގެ ގޮތުގައި ކޯޑި ކެނޑުމާއި، މާލި ހިނގުން އަދި ބޮޑުމަސް ދައްކާލުން އޮންނާނެ އެވެ.

 

އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް
އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ތިންމުގޯލި މުބާރާތެއް

“ހައްޖު ދުވަހު ހަވީރު އީދު ބަޑި ރޯ ކުރުމަށްފަހު ރަސްމީކޮށް ކުޅިވަރުތައް ފެށިގެންދާނެ، އެރޭ ސްޓޭޖް ޝޯގެ ތެރެއިން ވާދެމުންވެސް ކުރިއަށްދާނެ. އަދި އީދު ދުވަހު ކޯޑި ކުޅުންވެސް އޮންނާނެ. ހަމަ އެއާއެކު އީދު ދެވަނަ ދުވަހުގެރޭ ބޮޑުމަސް ކުޅުންވެސް އޮންނާނެ، އަންހެންނުންގެ ކޯޑި އޮންނާނީ އީދު ދެވަނަ ދުވަހުގެ ހަވީރު،” ވަފާއިން ބުންޏެވެ.

ވަފާއިން ބުނި ގޮތުގައި “ހުޅަނގު އީދު އުފާ” ގެ ހުރިހާ ކުޅިވަރުތަކެއްވެސް ކުރިއަށްދާނީ ހުޅަނގު ދެކުނު އަލަށް ހިއްކި ހުސްބިމުގަ އެވެ.

އީދު ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީ ޒުވާނުންގެ ކްލަބުން ބާއްވާ ފުޓްބޯލަ މުބާރާތްވެސް މާދަމާ ހަވީރު ފަށާނެ އެވެ. ބަށި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ކަމަށް ޒުވާނުންގެ ކްލަބުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ޢީދު ކުޅިވަރުގައި ބައިވެރި ނުވެވޭތީ ހިތާމަކުރަން.
    ހުރިހާ ކުޅިވަރެއްވެސް، ކުޅިވަރުގެ ރޫޙާ އެއްގޮތަށް ވާދަވެރިކަމާއެކު، ކުރިޔަށް ގެންގޮސް ނިންމާލާނެ ކަމަށް އުންމީދު ކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.