މުބާރާތުގެ ފުރަތަމަ މެޗުން އެމްއޭ ޔުނައިޓެޑް މޮޅުވެއްޖެ

މިއަދު ހަވީރު އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ/ ސައިނޯސާ ރާއި
މިއަދު ހަވީރު އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ ސައިނޯސާ ރާއި

 

މި އަހަރުގެ ބޮޑު އީދު ޗުއްޓީއާ ގުޅުވައިގެން އޭދަފުށީގައި މިއަދު ހަވީރުފެށި “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖު ހުޅުވި މެޗުގައި ސަންސެޓް ސްޕޯޓްސް އާއި އެމްއޭ ޔުނައިޓެޑް ކުޅުނު މެޗު 3-1 އިން މިދިޔަ އަހަރުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑް ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސަންސެޓުންނެވެ. ހަތަރުވަނަ މިނިޓްގައި އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ސާއިދު އަބޫބަކުރު އެވެ.

މިއަދު ހަވީރު އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ/ ސައިނޯސާ ރާއި
މިއަދު ހަވީރު އެމްއޭ ޔުނައިޓެޑް އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ ސައިނޯސާ ރާއި

ނަމަވެސް ސަންސެޓުން ލީޑު ނަގާފައި ވަނިކޮށް އޭގެ ފަސްވަރަކަށް މިނިޓްފަހުން ލިބުނު ޕެނަލްޓީއަކުން އެމްއޭ ޔުނައިޓެޑުން އެއްވަރު ކުރީ ސާމީ އިބްރާހިމް ޖަހައިދިން ލަނޑުންނެވެ. އަދި އޭގެ ފަހުން އެމްއޭ ޔުނައިޓެޑްގެ އަލީ ޖިނާހު ޖެހި ދެ ލަނޑުން އެ ޓީމުވަނީ މޮޅުވެފަ އެވެ.

މި މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. މާދަމާ މެންދުރު ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސޮނެވާ އާއި އެންޖޯއީ ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ހަވީރު ސައިނޯސާއާ ދެކޮޅަށް ނުކުންނާތީ ވެލާ ސިޓީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ރައީސް ޔާމީންގެ 2018 ގެ ކެމްޕެއިންގެ ތެރެއިން ނަމަވެސް، އޭދަފުށީގެ ފުޓްބޯޅަ ކުރިއަރަމުން ދާތީ ނުހަނު އުފާކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.