ޑިނާ ނައިޓްގެ އިނާމަކަށް އަނަންތަރާގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

ޑިނާ ނައިޓް އިސްތިހާރުކުރަން ހަދާފައިވާ ޕޯސްޓަރެއް
ޑިނާ ނައިޓް އިސްތިހާރުކުރަން ހަދާފައިވާ ޕޯސްޓަރެއް

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން އަންނަ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ޑިނާ ނައިޓްގެ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ބ. އަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގައި ދެ މީހަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރު އައިސްތު ހަލީމް ވިދާޅުވީ ޑިނާ ނައިޓަށް ގިނަ އަދަދެއްގެ ޓިކެޓް ވިކިފައިވާ ކަމަށާއި މިހާރުވެސް ކޮންމެ ދުވަހެއްގެ ހެނދުނާއު ހަވީރު ޓިކެޓް ވިއްކުން ކުރިއަށްދާނެ ކަމަށެވެ.

“ސްކޫލުގެ ޓީމެއް ޓިކެޓް ވިއްކުމަށް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އީދު ކުޅިވަރު ކުޅޭ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވާނެ. މިއަތޮޅުގެ ބައެއް ރިސޯޓްތަކުންވެސް ޓިކެޓް ލިބެން ހުންނާނެ. އަދި 7936465 ނަންބަރު ފޯނާ ގުޅުމުންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،” އޭނާ ވިދާޅުވި އެވެ.

އައިސްތު ވިދާޅުވީ ޑިނާ ނައިޓްގެ ލަކީ ޑްރޯއިން އެއްްވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް ރިސޯޓްގައި އެއްދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ސޮޕޮންސާ ކޮށްފައިވަނީ އަނަންތަރާއިން ކަމަށެވެ.

މި ޑިނާ ނައިޓަށް ޓިކެޓް ބައްލަވައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ހަމަ އެރޭ ޑިނާ ނައިޓް ނިމުމާއެކު ވަގުތުން ނަސީބުރިޔާ ހޮވުން އޮންނާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނާ ނައިޓުގެ ޓިކެޓް ވިއްކަނީ 150ރ. އަށެވެ. ނަމަވެސް ކޮންމެ ޓިކެޓަކަށް ހަ އަހަރުން ދަށުގެ އެއް ކުއްޖަކަށް ހިލޭ ބައިވެރިވެ ވެ އެވެ.

މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ޑިނާ ނައިޓް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 އިން 10:00 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.