ސޮނެވާ މޮޅުވިއިރު ވެލާ އާއި ސައިނޯސާ މެޗު އެއްވަރު

ސޮނެވާ އާއި އެންޖޯއީ ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ސޮނެވާ އާއި އެންޖޯއީ ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ސައިނޯސާ ރާއި

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ސޮނެވާފުށި ރިސޯޓް މޮޅުވި އިރު، ވެލާ ސިޓީ އާއި ސައިނޯސާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ކުޅުނު ފުރަތަމަ މެޗުގައި ގްރޫޕް އޭ ގެ އެންޖޯއީ ފްރެންޑްސް އަތުން ޓީމް ސޮނެވާ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ސޮނެވާއަށް ލަނޑު ޖަހައިދިނީ އިބްރާހިމް މާޖިދު އެވެ.

ސައިނޯސާ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ސައިނޯސާ އާއި ވެލާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ސައިނޯސާ ރާއި

މިއަދު ހަވީރު ކުޅުނު މެޗުގައި ގްރޫޕް ބީ ގެ ވެލާސިޓީ އާއި ސައިނޯސާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނީ އެއްވަރުވެގެން ނެވެ.

މި މުބާރާތުގެ މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމު ސޮނެވާ އާއި ސަންސެޓް ސްޕޯޓްސް އެވެ. ދެވަނަ މެޗުގައި އެމްއޭ ޔުނައިޓޭޑާ ދެކޮޅަށް ނުކުންނާނީ އެންޖޯއީ ފްރެންޑްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.